އިޒްރޭލް ޔަހޫދީންގެ އުދުވާނުގެ ވޭން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަންޑް ރައިޒިން އިވެންޓެއް ހދ. ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މި ފަންޑް ރައިޒިން އިވެންޓްއަކީ ކުޅުދުއްފުށީގެ ކުލަބް ޖަމުއިއްޔާ ޖަމާއަތްތަކުން ގުޅިގެން ކުރިޔަށް ގެންދާ އިވެންޓެކެވެ. އަދި މި އިވެންޓްގައި މިހާރު ކުރިޔަށްދާ ހަރަކާތަކީ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެހީތެރިކަން ހޯދުމުގެ ހަރަކާތެކެވެ.
އިއްޔެ އެރަށުގައި ފެށި މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ނިމްމާފައި ވަނީ މި ފެށޭ ޖޫމް މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިވެންޓްގައިި ރަށުގެ އެކި އެކި މުއައްސަސާތަކާއި ވިޔަފާރިތަކުން ފައިސާ ފޮނުވުމަށްވަނީ ހުޅުވާލެވިފައެވެ.
މި ފަންޑް ރައިޒިން އިވެންޓްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން "ތިލަދުން"އަށް މަޢުލޫމާތުދެމުން ވިދާޅުވީ ފަަލަސްތީން ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމަށް ފަންޑް ރައިޒިން އިވެންޓެއް އިއްޔެ އެރަށުގައި ފަށާފައިވާ ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް އިއްޔެ މިފެށީ ފަންޑް ރައިޒިން އިވެންޓެއްގެ ގޮތުގައި، ކުރިއަށް އޮތް އެގާރަ ދުވަހު މިރަށުގެ ފިހާރަތަކުގައި ފަންޑް ފޮށިތައް ބެހެއްޓިފައި ހުންނާނެ، މިއީ މިރަށު ކުލަބް ޖަމުއިއްޔާ ޖަމާއަތްތަކުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް" އޭނާ ވިދާޅުވިއެވެ.
މި ފަންޑް ރައިޒިން އިވެންޓްގައި ލިބޭ ހުރިހާ ފައިސާއެއް އިންޓަނޭޝަނަލް އެއިޑް ކެންޕޭން މެދުވެރިކޮށް ފަލަސްޓީނުގެ ރައްޔިތުންނަށް ފޯރުކޮއްދޭން ނިންމާފައިވާ ކަމަށާއި 6 ޖޫން ވާ އާދިއްތަ ދުވަހު ފައިސާާތަށް ފޮނުވުމުގެ ކަންކަން ފެށިގެންދާނެ ކަމަށް ވެސް މައޫލޫމާތު ދެއެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުޅުދުއްފުށި ސިޓީގައި މިފެށި ފަންޑް ރައިޒިން އިވެންޓަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ރަށުގެ އެންމެހާ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކޮއްފަ އެވެ.

7770000005879
Viber 9995879
ފަލަސްތީނާއެކު ތިބިކަން ހާމަކޮށް، އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ކުޅުދުއްފުށި ސިޓީގައި މިއަދު ފެށިއިރު ރާއްޖޭގެ އެެކި ކަންކަޅޮތަކުގައި ދަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން ތިލަދުންމަތީގެ ބައެއް އިތުރު ރަށްރަށުގައި މިއަދާއި އިއްޔެވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!