ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައިި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭސްގެ ރައްޔިތެކެވެ.
އަދި އެމީހާ ރަށަށް އައިސްފައިވަނީ މި ހިނގާ މޭމަހުގެ 9 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވް ވެފައިވަނީ މިއަދުު ނެގުނު ރިލީޒް ސާމްޕަލް އިން ކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވަ އެވެ.
އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވި އެވެ.
މި ކޭސް އާއި ގުޅިގެން މިހާތަނަށް 2 ގެއެއް ކަރަންޓީނު ކުރެވިފައިވާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!