އެމްއައިބީގެ 10000 ހިއްސާ ހދ އަތޮޅު ކައުންސިލުން ގަނެފި

F27ECE58-C0B1-4275-BA83-79774D0F52B3

ހދ. އަތޮޅު ކައުންސިލުން 10000 ހިއްސާ އިސްލާމިކް ބޭންކުން ގަނެފި އެވެ.

އިސްލާމިކް ބޭންކުގެ ކުޅުދުއްދުށީ ބުރާންޗް މެދުވެރިކޮށް ހދ. އަތޮޅު ކައުންސިލުން ގަނެފައިވަނީ 35 ރުފިޔާގެ ރޭޓުން 350000 ރުފިޔާގރ ހިއްސާ ކަމަށް ހދ އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.

އެކަމަށްޓަކައި މިއަދު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައިންސިލްގެ ރައީސް އެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އާދަމް އަހުމަދެވެ.

އެމްއައިބީ ބުރާންޗު މެނޭޖަރު އާދަމް އަހުމަދު ވިދާޅުވީ ހިއްސާގަތުމަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަހުރީބެއް ލިބެމުންދާ ކަމަށާއި މިއީ ބޭންކުގެ ހިއްސާދާރަކަށްވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

މިދިޔަ މަހު ށ އަތޮޅު ކައުންސިލުންވެސް ވަނީ އެމްއައިބީ އިން  3,000,200.00ރ. (ތިން މިލިއަން ދުއިސައްތަ ރުފިޔާ) އަށްވާ، ހިއްސާއެއްގެ މޫނުމަތީއަގު 35.00ރ. (ތިރީސްފަސްރުފިޔާ)ގެ މަގުން 85,720 ހިއްސާ ގަތުމަށް ނިންމާފައެވެ.

ހއ. އަތޮޅު ކައުންސިލުން ވެސް -/525000 ރުފިޔާގެ ހިއްސާ އިސްލާމިކް ބޭންކުގެ ކުޅުދުއްދުށީ ބުރާންޗް މެދުވެރިކޮށް ގަނެފައިވެއެވެ. އެއީ 35 ރުފިޔާގެ ރޭޓުން 15،000 ހިއްސާ އެވެ.

ނޭކުރެންދޫ ކައުންސިލުންވެސް އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާގެ 5000 ހިއްސާ 16 ސެޕްޓެމްބަރ 2019 ވީ ހޯމަދުވަހު ވަނީ ގަނެފައެވެ.

އެމްއައިބީން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހދ އަތޮޅު ކައުންސިލް ނިދާފަ އޮވެ ހޭލައިފި
    ތިޔަވެސް ތިގަނެވުނީ މުއްދަތު އިތުރު ކުރީމަ ކޮންކަހަލަ ކައުންސިލެއްތަ. މުސާރަދޭތިވެ ތިބޭ ބަޔެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *