ހދ. ކުޅުދުއްފުށީ ކައުންސިލަށް ތާޒާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދިނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގައި މަސައްކަތް ކުރާ އިމަޖެންސީ ރެސްޕޮމްސްޓީމަށް އެހީވުމަށެވެ.

Ad
rt

އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ފެން ކޭސް ކައުންސިލަށް ހަދިޔާ ކޮށްފައެވެ.

ތާޒާ އަކީ ރާއްޖޭގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށުން ހިންގާ ބޯފެން އުފައްދާ ކުންފުންޏެވެ. އެ ކުޅުދުއްފުށީގައި އެކުންފުނީގެ ފެން އުފައްދާ ފެކްޓްރީއެއް ވެސް ހުރެއެވެ.