މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އައިބީއެމް

6 Stories filed
ކުޅުދުއްފުށި ކައުންސިލަށް ތާޒާގެ އެހީ
Thiladhunmathi News

ކުޅުދުއްފުށި ކައުންސިލަށް ތާޒާގެ އެހީ

ހދ. ކުޅުދުއްފުށީ ކައުންސިލަށް ތާޒާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދިނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގައި މަސައްކަތް ކުރާ އިމަޖެންސީ ރެސްޕޮމްސްޓީމަށް އެހީވުމަށެވެ. އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ފެން ކޭސް ކައުންސިލަށް ހަދިޔާ ކޮށްފައެވެ. ތާޒާ އަކީ ރާއްޖޭގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށުން ހިންގާ ބޯފެން އުފައްދާ ކުންފުންޏެވެ. އެ ކުޅުދުއްފުށީގައި އެކުންފުނީގެ ފެން އުފައްދާ ފެކްޓްރީއެއް ވެސް […]

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި
Business

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ. އައިބީއެމުން ބުނިގޮތުގައި މިއީ މިފްކޯގެ އުފެއްދުންތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ. އެހެންކަމުން މިހާރު އައިބީއެމްމެދު...

ފެނުގެ ދުވަހާ ގުޅިގެން އައިބީއެމުން ފިޔަވައްޗަށް ފެން ހަދިޔާ ކޮށްފި
Business

ފެނުގެ ދުވަހާ ގުޅިގެން އައިބީއެމުން ފިޔަވައްޗަށް ފެން ހަދިޔާ ކޮށްފި

ފެނުގެ ދުވަހާ ގުޅިގެން އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އިން ފިޔަވައްޗަށް ބޯ ފެން ހަދިޔާ ކޮށްފިއެވެ. ފެން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ހަދިޔާ ހަވާލުކޮށްދެއްވީ އައިބީއެމްގެ ޗެއާމަން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދިޖެންޑާ މިނިސްޓްރީގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަނެވެ. މި ރަސްމިއްޔާތުގައި އައިބީއެމްގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމް އާއި އެ ކުންފުނީގެ ދެ އެމްބެސެޑަރުން ބައިވެރިވެލ...

ތާޒާ ފެނުގެ ބްރޭންޑް އެންބެސެޑަރަކަށް ނާއްކޮ އާއި ދަގަނޑޭ
Business

ތާޒާ ފެނުގެ ބްރޭންޑް އެންބެސެޑަރަކަށް ނާއްކޮ އާއި ދަގަނޑޭ

ތާޒާ ފެނުގެ ބްރޭންޑް އެންބެސެޑަރަކަށް މަޝްޙޫރު ފިލްމީތަރި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ. ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލޭންޑް ބެވަރެޖެސް މޯލްޑިވްސް (އައި.ބީ.އެމް) އިން ވިދާޅުވީ އެކުންފުނިން އުފައްދާ ތާޒާ ބްރޭންޑް ފެނުގެ އެންބެސަޑަރުކަމަށް ނާއްކޮ އާއި ދަގަނޑޭ ހަމަޖައްސަވާފައިވަނީ މިއަދު ކަމަށެވެ. އެކަމުގެ އެއްބަސް ވުމުގައި މިއަދު އެދެފާރާތާއިއެކު ސޮއިކޮށްފައިވާކަމަށް އެކުންފުނިން...

ހުޅުމާލޭގައި ހުންނަ އައިބީއެމްގެ ފިހާރަ ފަޅާލައިގެން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭގައި ހުންނަ އައިބީއެމްގެ ފިހާރަ ފަޅާލައިގެން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފިހާރަ ފަޅާލައި ވައްކަން ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ. އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން ތިއްބާ 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މި ވައްކަމުގައި ހިމެނޭ ބައެއް މީހުން ވަނީ ފިލައިފައެވެ. އައިބީއެމް އިން މިއަދު އާއްމު ކުރި ވީޑިއޯއިން ދައްކާ ގޮތުގައި އެ ސަރަހައްދުގައި ފޯރި މަރަމުން ދިޔަ ފުލުހުންތަކެއް ފިހާރަ ކުރިމައްޗައް އެރުމާއެކު ފިހާރަ ތެރެއިން މޫނު […]

އައިބީއެމްގެ ލޭންޑިން ކްރާފްޓެއް ވިއްކާލަނީ
Business

އައިބީއެމްގެ ލޭންޑިން ކްރާފްޓެއް ވިއްކާލަނީ

އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)ގެ ލޭންޑިން ކްރާފްޓެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މި ނީލަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށެވެ. މި ސެޝަން އޮންނާނީ ބުދަ ދުވަހުގެހެނދުނު 10:00 ގައި ފެން ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ. މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00ގައި އަގު ހުށަހެޅޭނެއެވެ. މި ސެޝަންވެސް ކުރިއަށްދާނީ ފެން ބިލްޑިންގެފުރަތަމަ […]