ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވެ ހދ. ވައިކަރަދޫގެ ގިނަ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފި އެވެ.
ވައިކަރަދޫގެ ދަނޑުތަކަށް ލިބުނު ގެއްލުމުގެ މަޢުލޫލާތު މިނޫހާއި ހިއްސާކުރަމުން އެކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ.
އެ ގޮތުން މިއަދު މެންދުރުފަހު 02:30 މޫސުން ގޯސްވެ ގަދަވަޔާއި އެކު ކުރި ވިއްސާރައިގައި އެރަށު ގިނަ ދަނޑުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި މި ކޮޅިގަނޑުގައި ގާތްގަނޑަކަށް 1000 އަށް ވުރެ ގިނަ ފަތްކެޔޮ ގަސް ވެއްޓިފައިވާކަމަށެވެ. އަދި ގެއްލުންވީ ކިހާ އަދަދެއްގެ ދަނޑުތަކަކަށް ކަމެއް މިވަގުތު ދަންނަވަން ދަތިކަމަށާއި ނަމަވެސް ޖުމްލަކޮށް ގިނަ ދަނޑުތަަކަށް ވަނީ ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބިފައިވާކަމަށްވެސް ވާފިރު ފާހަގަކުރެއްވި އެވެ.
"މިގެއްލުމުގެ އަގު ގާތްގަނޑަކަށް 1 ލައްކަ 50 ހާހަށް ކައިރިކުރާނެ، އަޅުގަނޑުމެން މިދަނީ މިލިބޭގެއްލުންތައް ވީހާވެސް ކައިރިން ބަލަމުން. ސަރުކާރު ހުޅުވޭ އެންމެ އަވަހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އާއި މިކަންކަން ހިއްސާކުރަމުން ގެންދާނަން"
ކައުންސިލް ރައީސް ވިދާޅުވި އެވެ.
މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވެ މިއަދު، އެރި ކޮޅިގަނޑުގައި ވައިކަރަދޫގެ ފަތްކެޔޮ ދަނޑުތަކުން ގިނަ އަދަދެއްގެ ގަސްތަކެއް ވަނީ ހަލާކުވެފައި
13 މޭ 2021Posted by Secretariat of The Vaikaradhoo Council on Thursday, May 13, 2021
މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު، އެރި ކޮޅިގަނޑުގައިވެސް ފަތްކެޔޮ ދަނޑުތަކުން ގިނަ އަދަދެއްގެ ގަސްތަކެއް ވަނީ ހަލާކުވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ މޭހުގެ 21 އަދި 22 ވަނަ ދުވަހު ކުރި ވިއްސާރައިގާވެސް އެރަށުގެ ދަނޑުތަކަށް ވަނީ ގެއްލުންވެފައެވެ. އެފަހަރު ދަނޑުތަކުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވެއެވެ. އޭގެ ތެރޭގައި ފަތްކެޔޮ ގަހުން ކެޔޮގަނޑު އައިސްފައިވާ 439 ގަސް ހިމެނެއެވެ. މި ގެއްލުމުގެ އަގު ތިން ލައްކަ ރުފިޔާއަށް އަރާނެކަމަށް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.
މިދުވަސްވަރަކީ ހުޅަނގު މޫސުން ކަމުން، ގަދަ ވަޔާއިއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އަންނަނީ ރާއްޖޭގެ ބޮޑުބަޔަކަށް ސާމާލުވެސް ނެރެމުންނެވެ.

ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އެބައޮތްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު ވިދާޅުވި އެވެ.
މެޓް އޮފީހުން ވިދާޅިވީ، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންކަމަށެވެ. މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާއި ދުރަށް ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!