ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެފިޔަވަޅުތައް އަޅަން ނިންމިކަން އަންގައި ދިއްދޫ ކައުންސިލުން ވިދާޅުވީ، މިވަގުތު ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޞިއްޚީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެ ރަށް މޮނިޓަރިންއަށް ލާފައިވުމުމާއެކު ރައްޔިތުންގެ
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ފިޔަވަޅެއް އަޅަން ނިންމައި، އެ ފިޔަވަޅުތައް މިއަދު ހަވީރު 4:00އިން ފެށިގެން ތަންފީޒުކުރުމަށް ނިންމާފަ އެވެ. އަދި މިފިޔަވަޅުތައް ވަނީ 12 މޭ 2021 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ދަމަހައްޓަން ވެސް ނިންމާފަ އެވެ.
ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ދިއްދޫގައި އެޅި ފިޔަވަޅުތައް
- މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައިވެސް އެއްވަގުތެއްގައި 3 މީހުންނަށް ވުރެ ގިނައިން ނުކުމެ ނޫޅުމާއި
އަދި ޟަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކު އެޅުމާއިއެކު ގައިދުރުކަން ބެހެއްޓުން. - އެއްގެއިން އަނެއްގެއަށް ޒިޔާރަތް ނުކުރުން.
- ރޯގާގެ އެއްވެސް އަލާމާތެއް ހުރި އެއްވެސް ފަރާތެއް މިސްކިތަކާއި މީހުން އެއްވާ އެއްވެސް ތަނަކަށް ނުދިއުން.
- ފިހާރަ / ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ ޢަދަދެއް ކަނޑައަޅާ އެ ތަންތަނުގެ އެތެރޭގަ އާއި
ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް
ހަމަޖެއްސުން. - މިސްކިތްތަކަށް، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން އަދި ދިގު މުއްދަތަށް ބޭސްކުރާމީހުން ނުދިއުމަށާއި
މިސްކިތަށް ދިރުވާ ބޭފުޅުން މުސައްލަ ގެންދެވުމަށާއި ގެއިން ވުޟޫކޮށްގެން މާސްކް އަޅުއްވައިގެން ދުރުވުން. - މިސްކިތުގައިވެސް ގައިދުރުކަން ބެހެއްޓުމާއި ގިނަވަގުތު މިސްކިތުގައި މަޑުނުކުރުން.
- ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަންވެސް ހެދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުވާފައި
ބެހެއްޓުމާއި އެހެން ގަޑިތަކުގައި ބަންދުކުރުން. އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް
ޑެލިވަރީގެ ޚިދުމަތް ދިނުން. - ފިހާރަތަކުން ކައުންސިލުން ކަނޑައަޅާ ޢަދަދަށް ކަސްޓަމަރުން ވައްދައިގެން ޚިދުމަތް ދިނުމާއި އަދި ގައިދުރުކަން
ބެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުން އަދި އަތްގަނޑުތަކާއި ސިޑީގެ ރެއިލްތައް ގިނަގިނައިން
ޑިސްއިންފެކްޓް ކުރުން. - ހޮޓާ / ރެސްޓޯރެންޓްތައް ހަވީރު 6:00 އިން ރޭގަނޑު 12:00 އަށް ޚިދުމަތް ދިނުމާއި އަދި އެގަޑިތަކުގައި
އެތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން. - ހޮޓާ / ރެސްޓޯރެންޓްތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މީހުން ތިބެވޭނެ އިންތިޒާމު
ހަމަޖެއްސުން އަދި ޚިދުމަތްދީ ނިމުމުން އެތަންތަން ޑިސްއިންފެކްޓް ކުރުން. - ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:30 އިން ހެނދުނު 8:00 އަށް ހުއްދަ ދީފައިވާ އެއްގަމު
އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުން. - ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތައް އަދި ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކާއި ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މީހުން އެއްވެ ތިބުން މަނާކުރުން.
- ޓެކްސީ ޚިދުމަތް ފޯރުކޮށްދޭނަމަ، އެޗްޕީއޭ ގެ ގައިޑްލައިންއާއި އެއްގޮތަށް އެ ޚިދުމަތްދިނުން.
- ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅުއްވާ ގައިދުރުކަން ބެހެއްޓެވުން.
ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިއިރު، ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވި ކޭހާއި ގުޅިގެން މިހާތަނަށް 53 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެމީހާ ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އަދި އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިހާރު ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 57 އެވެ.
ދިއްދޫއިން މިހާތަނަށް 512 ސާމްޕަލެއް ވަނީ ނަގާފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްގެ އަދަދަކީ 166 އެވެ. ނެގެޓިވް ސާމްޕަލްގެ އަދަދަކީ 293 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!