ހއ. ދިއްދޫއިން އިތުރު 12 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ.

Ad
rt

މިކޭހާއި ގުޅިގެން މިހާތަނަށް 53 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 52 މީހެކެވެ.

އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިހާރު ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 57 އެވެ.

އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު މެއި 4 ވަނަ ދުވަހު ވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވެސް ބަދަލުކޮށްފަ އެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 734 މީހެއް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ މާލެ އޭރިއާއިން 540 މީހުންނަށް ބަލި ޖެހުނެވެ. އަތޮޅުތަކުން ބަލިޖެހުނީ 186 މީހުންނަށެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 32،665 އަށް ވަނީ އަރާފަ އެވެ.