ހދ. ހަނިމާދޫ ގައި ހޯމް ކަރަންޓީނުގައި ތިބި އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ.
އެމީހުން ތިބީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްއެއްގަ އެވެ. އެ ގެސްޓް ހައުސްގައި އިތުރުބަޔަކު ނުތިބެއެވެ.
ހުސްވި އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. އެމީހުން ޕޮޒިޓިވްވީ އޭޕްރިލް 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން އިތުރު މީހަކު 23 ވަނަ ދުވަހު ޕޮޒިޓިވްވިއެވެ.
"ކުރިން ޕޮޒިޓިވްވި މީހުން މިހާރު ބަލިން ރަނގަޅުވެއްޖެ، މާދަމާނޫން އަނެއް ދުވަހު ދޫކޮށްލާނެ ކަމަށް ބެލެވޭ" އިބްރާޙީމް ވިދާޅުވިއެވެ.
އެ ކޭސްތަކާއި ގުޅިގެން ހަނިމާދޫގެ 8 ގެއެއްގެ މީހުން ވެސް ކަރަންޓީނުގައި އެބަތިއްބެވެ.
ހަނިމާދޫ ގައި ހޯމް ކަރަންޓީނުގައި ތިބި އިންޑިއާ ސިފައިންގެ ޢާއިލެއެއްގެ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިއިރު އުތުރުން ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 45 އަށް އަރާފައެވެ. ކުޅުދުއްފުށީ ސިޓީން ތިންމީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!