ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މާލޭގެ ވޭސްޓް ޓްރާންސްފާ ސެންޓަރުގައި ހުރި މިސްކިތުގެ ޖާގަ ބޮޑުކޮށް އަލުން ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ގެ ނައިބު ޝާފިއު އަލީއެވެ. އަދި އިމާމްވެ ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚްއިބްރާހީމް ރަޝީދު ހަސަނެވެ.
އެ ކުންފުނިން ބުނިގޮތުގައި ޖާގަ ބޮޑުކޮށް މި މިސްކިތް އަލުން ހުޅުވީ ރޯދަ މަހާ ގުޅިގެންނެވެ. އެގޮތުންމިހާރު ވުޞޫ ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޞާން މަހާއި ގުޅިގެން މިކޯޕަރޭޝަންގެ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި...
Posted by WAMCO on Thursday, April 8, 2021
މީގެ އިތުރުން ވެމްކޯއަކީ ގިނަ އަންހެނުން މަސައްކަތް ކުރާ ކުންފުންޏަކަށްވުމުން މިހާރު އަންހެނުންނަށް ހާއްސަ ސަރަހައްދެއްވެސް މިސްކިތުގައި ވަނީހުޅުވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!