ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތު ފަންޑަށް ލިބުނު ފައިސާ ފަޞީލްގެ ޢާއިލާއާއި ހަވާލުކޮށްފިއެވެ.

މިގޮތުން މިޑްލް ސްޕޯޓްސް ކުލަބުން ވަނީ ފަޞީލްގެ ޢާއިލާއަށް 96،526.75 އަދި 81 ޔޫއެސް ޑޮލަރު ހަވާލުކޮށްފަ އެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ފަޞީލްގެ ޢާއިލާއަށް މި ފައިސާ ރަމްޒީކޮށް ހަވާލުކޮށް ދެއްވީ އެ ކްލަބްގެ ޑެޕިއުޓީ ސެކްރެޓަރީ ޢަލީ މިރްފާޒް އެވެ.

Ad
rt

ފަޞީލަށް އެހީތެރިވުމަށް އޭޕްރިލް 1 އަދި 2 ވަނަ ދުވަހު މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، ދިއްދޫގައި ކުރިއަށް ގެންދިޔަ ''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެ ދެ ދުވަހުގެ ހަރަކާތުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ.

މީގެއިތުރުން ވެސް ދިއްދޫގެ ބައެއް މުއައްސަސާތަކާއި، އެހެނިހެން ބައެއް ފަރުދުން ވެސް ވަނީ އެ ހަރަކާތުގެ ފަންޑަށް އެހީތެރިވެފަ އެވެ.

ފަޞީލަށް އެހީތެރިވުމަށް މިޑްލް ސްޕޯޓްސް ކްލަބުން ހަރަކާތްތަކެއް ހިންގާފައިވާއިރު، ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި އާއިލާގެ ތެރެއިން ކިޑްނީއެއް ވެސް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން އަދި ހަމަޖެހިފައިނުވެއެވެ. ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ތި އެންމެ ބޭފުޅުންގެ އެހީތެރިކަމަށް އޭނާ ދަނީ މިވަގުތު އެދެމުންނެވެ.

ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ޓަކައި އެހީތެރިވުމަށް ތިރީގައިވާ އެކައުންޓް ނަމްބަރުތަށް ޚިޔާރު ކުރައްވާށެވެ.

ބީއެމްއެލް ރުފިޔާ އެކައުންޓް ނަމްބަރ:

7701137139101

Mohamed fazeel

ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރ

7701137139102Mohamed Fazeel

ފަޞީލްގެ ފޯނު ނަމްބަރ: 7915770