ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތު ފަންޑަށް ދިއްދޫގެ ދެ މުއައްސަސާއަކުން އެހީތެރިވެއްޖެ އެވެ.

މިގޮތުން ފެނަކަ ދިއްދޫ ބުރާންޗުގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ 1 ދުވަހުގެ މުސާރައަށްވާ 6315 ރުފިޔާއެ ފަންޑަށް ހަދިޔާ ކޮށްފައެވެ. އެ ފައިސާ ފެނަކަ ދިއްދޫ ބުރާންޗުގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ އަޙްމަދު ޒަކީއެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން އެ ފައިސާއާއި ހަވާލުވީ އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމްއެވެ.

Ad
rt

އެ ފަންޑަށް އެހީތެރިވި ދިއްދޫގެ އަނެއް މުއައްސަސާއަކީ، އެރަށުގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުއެވެ. އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން އެ ފަންޑަށް ވަނީ 1100 ރުފިޔާ ހަދިޔާ ކޮށްފައެވެ. އެ ސްކޫލްގެ ފަރާތުން އެ ފައިސާ އެހީ ހަވާލުކޮށް ދެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް އަބުދުﷲ ނާހިދުއެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން އެ ފައިސާއާއި ހަވާލުވީ އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމްއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން 1100 ރުފިޔާ ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް ފަންޑަށް ވަނީ ހަދިޔާ ކޮށްފަ!
👏 ޝުކުރިއްޔާ ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ގެ މުވައްޒަފުން.

Posted by Middle Sports Club on Monday, April 5, 2021

އޭޕްރިލް 1 އަދި 2 ވަނަ ދުވަހު މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށުގައި ކުރިއަށް ގެންދިޔަ ''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެ ދެ ދުވަހުގެ ހަރަކާތުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ.

ފެނަކަ ދިއްދޫ ބުރާންޗުގެ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ 6315 ރުފިޔާ ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް ފަންޑަށް...

Posted by Middle Sports Club on Monday, April 5, 2021

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ވަނީ އެ ފަންޑަށް ފައިސާ ހަދިޔާކުރަން ބޭނުންވާ އެ ރަށުގެ މުއައްސަސާތަކަށް ވެސް އެ ފުރުޞަތު ހުޅުވާލާފައެވެ.

އެ ކްލަބުން ހާމަކުރެއްވި ގޮތުގައި އެ ކްލަބުން އިސްނަގައިގެން ފަޞީލްއަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ މިރޭ ފަޞީލްގެ ޢާއިލާއާއި ހަވާލު ކުރާނެއެވެ.