"ބްލޫ ސަޖަން" ނަމަކަށްކިޔާ ދޯންޏެއް ވިލިމާލޭ ހުޅަނގުފަރާތު ފަރަށް އަރައިފިއެވެ.
އެންމެންޑީއެފްއިން ވިދާޅުވީ އެ ދޯންޏަކީ އދ. މާމިނގިލިން ފުރައިގެން ވިލިމާލެއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ.
އެ ދޯނީގައި ދިވެއްސަކާއި، 2 ބިދޭސީއަކު ތިއްބެވެ.
އެ ދޯނި ފަރަށް އެރިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މެންދަމު 00:29 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެދޯނި ފުންކޮށްފައި ވަނީ މެންދަމު 2:05 ހާއިރު އެވެ. އަދި އެ ދޯންޏަށް ބޮޑު ގެއްލުން ވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!