ހއ. މޮޅަދޫ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، މޮޅަދޫން ޕޮޒިޓިވްވި 2 ބިދޭސިންނަކީ، އެރަށުގެ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި 15 ބިދޭސީންގެ ތެރެއިން 2 މީހުންކަމަށެވެ.
''އެ 15 ބިދޭސީން ވެސް ތިބީ ކަރަންޓީނުގައި، ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން 2 މީހުން މިވަނީ ޕޮޒިޓިވްވެފައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ '' އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، އެ 15 ބިދޭސީން ތެރެއިން 2 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވިއިރު، 5 މީހެއްގެ ސާމްޕަލް ނެގެޓިވް ކަމަށެވެ. އަދި 8 މީހެއްގެ ނަތީޖާ ނުލިބޭ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، އަތޮޅުތަކުގެ ގިނަ ރަށްތަކުން ދަނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!