ހދ. ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި'' އިން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ.
ހއ. އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 4 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، ހއ. އަމާންވެށިން މިހާތަނަށް ޕޮޒިޓިވްވި ޢަދަދު 15 އަށް އަރާފައިވާ ކަމަށެވެ.
''އަމާންވެށިން ވަނީ 11 ކުއްޖަކާއި، އެކުދީން ބަލަހައްޓާ 4 މީހަކު ޕޮޒިޓިވްވެފައި، އެ ހުރިހާ އެންމެންނަކީ ވެސް ކަރަންޓީނު ވެގެން ތިބި މީހުން، އެންމެންގެ ހާލުވެސް ރަނގަޅު،'' އަޝްރަފް ވިދާޅުވިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ދިއްދޫގައި ހުޅުވި ހއ. އަމާންވެއްޓަށް ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ހަމަ އެދުވަހު ވަނީ ބަދަލުކޮށްފައެވެ. އެދުވަހުން ފެށިގެން އެކުދީންނާއި، އެކުދީން ބަލަހައްޓާ މީހުން ވެސް ތިބީ، އެކުދީންގެ ކަރަންޓީނު މުއްދަތު ހަމަވަންދެން އެތަނުގައި ކަރަންޓީނު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!