ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ އިއްޔެއެވެ.

Ad
rt

180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ.

ކެލާގައި މަސް މާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.