ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރް.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގަ އެވެ.
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އާރް.ޖީ އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްމަދު އާސިފްއެވެ.
މިއީ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2،115،365.15 (ދެ މިލިއަން އެއް ލައްކަ ފަނަރަ ހާސް ތިން ސަތޭަކަ ފަސްދޮޅަސް ފަސް ރުފިޔާ ފަނަރަ ލާރި) އަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި ރަސްމިއްޔާތުގައި މާރަންދޫ ހިމެނޭ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް މިއަދު ވަނީ އާރް.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިފައި pic.twitter.com/4EpuKQaWse
— Ministry of Youth,Sports and Community Empowerment (@MoYSCEmv) March 15, 2021
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!