ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު!

Hoarafushi Airport

ހއ. ހޯރަފުށީ އެއާޕޯޓުގެ އެކި ދާއިރާތަކުން ގިނަ ވަޒީފާތަކެއް ޢިއުލާން ކޮށްފިއެވެ.

މި ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން މިއަދު ކުރި ޢިއުލާނެއްގައި ވަނީ އެ އާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައެވެ.

ހޯރަފުށީ އެއާޕޯޓުން ޢިއުލާންކޮށްފައިވާ ވަޒީފާތައް

  • ފަޔަރ އޮފިސަރ (1)
  • ސަބް އޮފިސަރ (1)
  • ލީޑިން ފަޔަރ މޭން (1)
  • ޖޫނިއަރ އެއާޕޯޓް ފަޔަރ ފައިޓަރ (2)
  • އެއާޕޯޓް ފަޔަރ ފައިޓަރ ޓްރެއިނީ (4)
  • އީއެމްޓީ ފަޔަރ ފައިޓަރ ޓްރޭނީ (2)
  • އެއާޕޯޓް ހޭންޑްސް (6)
  • ސިނިއަރ އެއާޕޯޓް އޮފިސަރު (1)
  • އެސިސްޓެންޓް އެއާޕޯޓް މެނޭޖަރ (1)
  • ސީނިއަރ އޮޕަރޭޝަންސް އޮފިސަރ (2)
  • އެޑް މިނިސްޓްރޭޓިވް އޮފިސަރ (2)
  • ސްޓޯރ އެޖެންޓް (1)
  • އައިޓީ އެސިސްޓެންޓް (1)
  • ގާޑަނަރ (1)
  • ގާޑެނިން އެޖެންޓްސް (4)
  • ކްލީނިން ސްޕަވައިޒަރ (1)
  • ކްލީނިން އެޖެންޓް (5)
  • ސެކިއުރިޓީ އެޖެންޓްސް (5)
  • ސީނިއަރ އެއާފީލްޑް ޓެކްނީޝަން (1)
  • މެއިޓެނެންސް އޮފިސަރ (1)
  • މެއިޓެނެންސް އެޖެންޓްސް (2)

އެ އެއާޕޯޓް ހުޅުވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، އެ އެއާޕޯޓަކީ އެ ސަރަހައްދުގެ ޓޫރިޒަމަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި އެ އެއާޕޯޓާއެކު ރަށު ފަތުރުވެރިކަން ފަށަންވީ ވަގުތު މިވަނީ ޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލިއިރު، އެ އެއާޕޯޓް ހުޅުވައި ރަސްމީކޮށް ޚިދުމަތް ދޭން ފެށީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިހާތަނަށް އެ އެއާޕޯޓްގެ އޮޕަރޭޝަންގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތި ވަޒީފާ ތަށް ވެސް އޮންނާނީ ޒީރޯ ޓޮލަރެންސް ގެ ތެރޭން ބަހާލާފަ.
    ކޮރަޕްޓް ސަރްކާރް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި