ށ. ފޭދޫގައި މަދިރި މަދިރި އާލާވުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް މަދިރި އުފެދޭ ތަންތަނަށް ކެމިކަލް އެޅުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ފޭދޫ ކައުންސިލާއި، ފޭދޫ ސިއްހީ މަރުކަޒު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން އެރަށުގެ ކަނޑޫފާ، ކުޅި، ފާތަކަށް ކެމިކަލް އެޅުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ކެމިކަލް ފޯރުކޮށްދީފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލުންނެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ''ތިލަދުން''އަށް ވިދާޅުވީ، އެރަށަކީ ގިނަ ކަނޑޫފާތަކެއް އެކުލެވޭ ރަށަކަށް ވުމުން، ގިނަ އަދަދެއްގެ މަދިރި އުފެދެމުންދާ ކަމަށެވެ.
ފޭދޫގައި ކުރިއަށް ގެންދާ މަދިރި އާލާވާ ތަންތަނަށް ކެމިކަލް އެޅުމުގެ ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ފޭދޫ ކައުންސިލް
''މިހާރުވެސް ރަށުތެރޭ މަދިރި ވަރަށް ގިނަ، އެހެންވީމަ ސިއްހީ މަރުކަޒާ ކައުންސިލް ގުޅިގެން މި މަސައްކަތް މިފެށީ، ރަށުގެ ހުރިހާ ކަނޑޫފާތަކަށް ކެމިކަލް އެޅެންދެން މި މަސައްކަތް ކުރިއަށްދާނެ، ކައުންސިލާ ސިއްހީ މަރުކަޒުގެ މުވައްޒަފުން މިކަމުގައި ބައިވެރިވޭ'' ސާމިރު ވިދާޅުވިއެވެ.
ށ. ފޭދޫ އަކީ ގިނަ ކަނޑޫފާތަކެއް އެކުލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!