ހއ. ދިއްދޫގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފިއެވެ.
3 ދަންފަޅި އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި މުބާރާތުގައި 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވެފަ އެވެ. އެ އުމުރުފުރާ ތަކަކީ، ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް، 21 އަހަރުން ދަށް އަދި 21 އަހަރުން މައްޗެވެ.
މިޑްލް ސްޕޯޓްސް ކްލަބުގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިއްދޫ ރައްޔިތުންނާއި ސުކޫލް އުމުރުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި އަދި ފެތުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
އޭނާ ފާހަގަ ކުރިގޮތުގައި އެރަށުގައި ޤުރުއާން ކިލާސްތައް ހިންގާ ޖަމިއްޔާތަކުން އެ ކިލާސްތަކަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތްތައް ބާއްވަމުން ދިޔަ ނަމަވެސް މުޅިރަށަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ވޭތުވި 2 އަހަރުގެ ތެރޭގައި ވެސް ބާއްވާފައެއް ނުވެއެވެ. އެހެން ކަމުން އެ ޖަމިއްޔާއިން މުޅި ރަށަށް ފުރުޞަތު ހުޅުވާލައިގެން އެ މުބާރާތް ބާއްވަން ނިންމީ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިންކަން ނަޝްވާން ފާހަގަ ކުރިއެވެ.
މިޑްލް ސްޕޯރޓްސް ކުލަބުގެ 1 ވަނަ ޤުރުއާން މުބާރަތް 1442 ގެ ކިޔެވުން ފެށުން.
📸 ދުވަސް 1
#މިޑްލްސްޕޯރޓްސްކުލަބް #ހއދިއްދޫPosted by Middle Sports Club on Saturday, March 6, 2021
މިޑްލް ސްޕޯޓްސް ކްލަބްގެ ހިންގާ ކޮމެޓީން ނިންމާފައި ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު މި މުބާރާތް ކުރިއަށް ގެންދިޔުމަށެވެ.
ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބަކީ، އެރަށުގައި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ތަކެއް ހިންގާ އެރަށުގެ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަރަކާތްތެރި ޖަމިއްޔާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!