‎ހދ.ކުމުންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ކުމުންދޫ ކައުންސިލުން ހިއްސާކޮށްފައިވާ ގޮތުގައި އެ ރަށު ބަނދަރު ސަރަހައްދާކައިރި ހިސާބު ވަލުތެރޭގައި އަލިފާން ރޯވެފައިވަނީ މިއަދު 11:00 ހާއިރުއެވެ.

Ad
rt

ކުމުނދޫ ކައުންސިލާއި އާންމު ރައްޔިތުންނާއި އެމެއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށީ ފަޔަރސްޓޭސަނުން ގުޅިގެންކުރި މަސައްކަތުން އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ހދ.ކުމުންދޫ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމެއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށީ ފަޔަރސްޓޭސަނުން ހަރަކާތްތެރިވެ، މިއަދު 13:30 ހާއިރު ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެ ސްޓޭސަނަށް ލިބިފައިވަނީ މިއަދު 11:30 ހާއިރުކަމަށެވެ.‎