ފެނަކަ ކޯޕަރޭޝަނުގެ މާލީ ހާލަތު ރަނގަޅުވެ ކުންފުންޏަށް ކުރިއެރުން ލިބުނީ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުން ކަމަށް އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރި އަހުމަދު ސައީދު މުހައްމަދު ވިދުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދި ޕްރޮގްރާމުގައި ރޭ ސައީދު ވިދާޅުވީ ކުރިން އެ ކުންފުނީގައި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމަށެވެ. ނަމަވެސް ފަހުން އައިމެނޭޖްމަންޓުން މި ކަންކަން ހައްލު ކުރުމަށް ގަވާއިދުތަކަށް އިސްލާހު ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ފެނަކައިގެ ތާރީހުގައިވެސް އެންމެ ސާފު އޮޑިޓެއް ނެރެވުނީ ސަރުކާރު ބަދަލުވެ އައި އާ މެނޭޖްމަންޓާއެކުގައެވެ.
"ދެހާސް ނަވާރަ ވަނަ އަހަރު ނިމިގެންދިޔައީ ފެނަކައަށް ކާމިޔާބު އަހަރެއްގެ ގޮތުގައި. ފެނަކައިގެ ތާރީހުގައި އަލަށް ސާފު އޮޑިޓް ރިޕޯޓެއް ނެރެވުނު. އެ ނަތީޖާއަކީމެނޭޖްމަންޓަށް ގެނައި ހަރުދަނާ ބަދަލުތަކާއި ހާއްސަކޮށް ފެނަކައިގެ ތެރެއިން ކުރަމުން އައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ކުރި މަސައްކަތުގެ ނަތީޖާ."
ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރަކީ ވެސް އެ ކުންފުންޏަށަ ފައިދާކުރި އަހަރެއް ކަމަށެވެ. އަދި އޭގެ ނަތީޖާ ފެނަކައިން ހިދުމަތް ދޭ ރަށްރަށުން މިހާރު ފެންނާ ކަމަށް ސައީދުވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގައި މިވަގުތު ހުރި އިންޖީނުގެތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ. ސައީދު ވިދާޅުވިގޮތުގައި ގިނަ އިންޖީނުގެތަކަކީއިންސާނުން ދިރިއުޅޭ ރަށެއްގައި ހުންނަން ޖެހޭ ފެންވަރުގެ އިންޖީނުގެތަކެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!