ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް މިއަދު ސޮއިކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މޫސާ ޢަލީ މަނިކެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި 6 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުބައްތި ޖެހާނެއެވެ.
ކުޅުދުއްފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގައި @MoNPHImv އާއި އެކު އާރުޑީސީގެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައި.#ޓީމްއާރުޑީސީ pic.twitter.com/x5voYYZq0v
— Road Development Corporation Ltd (@rdcmaldives) February 25, 2021
ޖުމްލަ 100,700.048.55 ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ މުއްދަތަކީ 510 ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!