ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
ދިއްދޫއިން ރޭ ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައެވެ. ރޭ ޕޮޒިޓިވްވި މީހާއަކީ ވެސް މިއަދު ޕޮޒިޓިވް ތިން މީހުންނަކީ ވެސް އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދިވެހިންނެވެ.
އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ.
އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައިރިސްކް އެކަކު ހިމެނޭތީ އެމީހާ ށ. އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް އިރުޝާދު ލިބިފައިވާ ކަމަށެވެ.
ދިއްދޫން ކޯވިޑް ޕޮޒިޓިވް އިތުރު ތިން ކޭސް ފެނިފައިވާއިރު، ރޭ ޕޮޒިޓިވްވި މީހާގެ އިތުރުން މިމަހުގެ 13 ވަނަ ދުވަހު ވެސް އެރަށު މީހެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ހުސްވި ޖެނުއަރީ މަހުވެސް އެރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ދެ ކޭސް ފެނިފައެވެ. އެ އެންމެން ނަކީ ވެސް ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.
މީގެ ކުރީން ވެސް އެ ރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!