ހދ. ކުޅުދުއްފުށި ސިޓީ އިން މިހާތަނަށް 400 ޓަނުގެ ކުނި ސާފު ކޮށްފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް އެ ރަށުގައި ގިނަވެފައި ހުރި ކުނި ނައްތާލަން ވެމްކޯއިން މަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހުގައެވެ. މިއީ ރައީސް އޮފީހުގެ އިސްނެންގެވުމުގެ ދަށުން ކުނި ގިނަވެފައިވާ ހުރިހާ ރަށެއްގައި އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

Ad
rt

ވެމްކޯއިން ބުނީ މިހާރުވެސް ކުޅުދުއްފުށީގެ ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް އިތުރަށް ހަލުވި ކުރުމަށް އެ ކުންފުނިން އިތުރު މެޝިނަރީސްވެސް މާލެއިން ފޮނުވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށިން 92،000 ޓަނުގެ ކުނި ސާފު ކުރާނެއެވެ.

ވެމްކޯއިންވަނީ މިދިޔަމަހު ހއ. ދިއްދޫގައި ޒަމާންތަކެއްވަންދެއް ޖަމާވެފައިހުރި ކުނިތައްވެސް ނަގާ އެރަށު ކުނިގޮނޑުވެސް ސާފުކޮށްފައެވެ. މިކަމުގެ ސަބަބުން ކުނީގެ ސަބަބުން ރައްޔިތުން އުފުލަމުންއައި ތަކުލީފުތަކަށްވަނީ ލުއިކަމެއްލިބިފަ އެވެ.