ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ބިދޭސީއެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އެ ސާމްޕަލް ނަގާފައި ވަނީ އިއްޔެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މިއަދު އެވެ.
އެ މައުލޫމާތު ހާމަކުރަށް ވަމުން، މިއަދު ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިހާރު ވަނީ އޭނާ ހުރި ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.
ހޯމް ކަރަންޓީނުގައި މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދިއްދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާއިރު މީގެ ކުރީން ވެސް އެ ރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!