ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ.

Ad
rt

ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދިޔަ މި ޕޮރޮގްރާމްގައި ޖުމްލަ 38 ކުއްޖަކު ވަނީ ބައިވެރިވެ ތަމްރީނުތައް ފުރިހަމަ ކޮށްފައެވެ.

މި ތަމްރީނު ރޮގްރާމް ނިންމާލާފައި ވަނީ، މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ތެރެއިން ނެގުނު ހަތަރު ޓީމުގެ މެދުގައި ކުޅެވުނު ހޭންޑްބޯޅަ މުބާރާތަކުންނެވެ. އެ މުބާރާތުގެ ފައިނަލް ގައި ''ވައިޓް'' ޓީމާއި ''ގްރީން'' ޓީމު ވާދަކޮށް، 12 ލަނޑު 9 ލަނޑުން ކާމިޔާބު ކުރީ ''ވައިޓް'' ޓީމެވެ.

ފޮޓޯ: ފުނަދޫ ކައުންސިލް

އިއްޔެ ބޭއްވި މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ސެޓްފިކެޓްތައް ހަވާލުކޮށް ދެއްވީ، ފުނަދޫ ސްކޫލްގެ ލީޑިން ޓީޗަރ އަޒްމާ އަޙްމަދެވެ. އަދި ކޯޗުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަޒީރެވެ.

މި ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވަނީ އެ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ފޮޓޯ: ފުނަދޫ ކައުންސިލް

އޭނާ ވިދާޅުވީ، މިއީ ފެށުމެއްކަމަށާއި، އެރަށުގައި ހޭންޑްބޯޅަ ކުޅެންވެސް ޖެހެނީ ފުޓްސަލް ދަނޑުގައި ކަމުން، ކުޅުމަށް ދަތިތަކެއް ކުރިމަތިވާނެކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި ކުރިމަގުގައި އެރަށުގެ އިޖްތިމާއީ މަރުކަޒުގައި ހޭންޑްބޯޅަ ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ދެއްކެވި ވާހަކާގައި ވަނީ ހޭންޑް ބޯޅަ ކުޅުމަށް ޝައުގުވެރިކަންހުރި ކުދިންނަށް ބެލެނިވެރިން އެ ފުރުޞަތު ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

https://thiladhun.wonstasite.com/49356

ފުނަދޫ އިޖުތިމާއީ މަރުކަޒުގައި މިހާރުވެސް ދަނީ، ވައިޑީޕީގެ ދަށުން ފުޓްބޯޅަ ތަމްރީނު ޕޮރޮގްރާމެއްވެސް ކުރިއަށް ގެންދަމުންނެވެ. މި ޕޮރޮގްރާމްގައި 10 އަހަރާއި 16 އަހަރާއި ދެމެދު 36 ކުއްޖަކުވަނީ ބައިވެރިވެފައެވެ.

ށ. ފުނަދޫ ކައުންސިލަކީ ވަރަށް ހަރަކާތްތެރި ކައުންސިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކައުންސިލެކެވެ.