އިހަވަންދޫ ނަރުދަމާ ނެޓްވޯރކް ފުރި، ފާހާނާތަކުން ފެންބޮޑުވެ ނަޖިސް ބޭރުވެދާނެކަމުގެ ބިރު!
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިހަވަންދޫގެ ނަރުދަމާ ނެޓްވޯރކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުން މަޢުލޫމާތު ދީފިއެވެ. ފެނަކައިން ބުނާ ގޮތުގައި، މިވަގުތު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕަންޕް ސްޓޭޝަންތަކަށް އާދަޔާ ޚިލާފަށް ނެޓްވޯރކްގެ ތެރެއިން ވާރޭފެން އެޅި، ޕަންޕްތަކަށް ކޮންޓްރޯލް ނުވެގެން ސްޓޭޝަންތައް ފުރެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ވަގުތުން ހައްލު ނުކުރެވިއްޖެނަމަ، ޕަންޕިން ސް...