ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ފަށާނެއެވެ.
ޖުމްލަ ފަނަރަ ޓީމާއިއެކު ފެށި މި މުބާރާތުގެ ކުއާޓާގެ މެޗުތައް 30 ޑިސެމްބަރ 2020 ގައި ފެށުމަށް ތާވަލު ކުރެވިފައިވާއިރު، މި މުބާރާތުގެ ކުއާޓާގެ ޖާގަތައް ކަށަވަރު ކޮށްފައިވާ ޓީމްތަކަކީ އުލިގަމް، ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބް، ނޮޅިވަރަމްގެ ކުލަބް ޕެނީ، ޓީމް ތުރާކުނު، މާރަންދޫގެ ޗެޕޭ އެކަޑަމީ، އިހަވަންދޫ ކުޅިމަގު އަދި ސެންސިޓީގެ އިތުރުން ޓީމް ނައިވާދޫއެވެ.
ކުއާޓާގެ މެޗުތައް ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވިފައިވާއިރު މިއަދު ހަވީރު 16:00 ގައި ބައްދަލު ކުރާނީ އުލިގަމާއި ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބެވެ. މިރޭ 20:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ނޮޅިވަރަމް ކުލަބް ޕެނީއާއި ޓީމް ތުރާކުނެވެ.
މި މުބާރާތުގެ ކުއާޓާގެ ދެން ހިމެނޭ ދެ މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 16:00 ގައި ބައްދަލު ކުރާނީ މާރަންދޫގެ ޗެޕޭ އެކަޑަމީއާއި އިހަވަންދޫ ކުޅިމަގު ޓީމެވެ. އަދި އެ ރޭ 20:00 ގައި ބައްދަލު ކުރާނީ އިހަވަންދޫގެ ޓީމް ސެންސިޓީއާއި ޓީމް ނައިވާދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!