ބައްޔަކަށް ފަރުވާ ހޯދުމަށް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އާންމުންގެ އެހީތެރިކަމަށް އެދެމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. ދީލަތި ބައެކެވެ. އެހީ ހޯދުމަށް ހިންގުނު ކޮންމެ ހަރަކާތަކުން ފެނިގެން ގޮސްފައިވަނީ އެކަމެވެ.
ހއ.އިހަވަންދޫ ނަސްފަރު ޙުސެން ރަޝީދަކީ ހެޔޮލަފާ ފިރިއެކެވެ. ނަމޫނާ ބައްޕައެކެވެ. އިމާމެކެވެ. އިހަވަންދޫއަށް ދީނީ އަދި އިޖްތިމާޢީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ ޚިދުމަތްތެރިއެކެވެ.
ހުސެއިންގެ ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ވަނީ ޖެހިފައެވެ. ޑައިލިސިސްގެ ކަންކަން މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފުރިހަމަ ކުރަމުން އަންނަ ހުސެއިން ބޭނުންވަނީ ތި އެންމެ ފަރާތްތަކުގެ ދީލަތި އެހީއާއި ހެއޮދުޢާއެވެ. ހުސެއިންގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ކިޑްނީ މި ވަގުތު ހަމަޖެހިފައި ވީ ނަމަވެސް އެކަން ކުރުމަށް ހުރަސްއަޅަނީ މާލީ ދަތިކަމެވެ. މާލީ ތަނަވަސް ކަމެވެ.
ހުސެއިންއަކީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ މުއައްސިސެވެ. އެ ކުލަބުގެ ފަރާތުން އިސްނަގައިގެން އިމަގު އަދި ހިޔާ ފައުންޑޭޝަން ގުޅިގެން ހުސެއިން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް 23 ޑިސެމްބަރ 2020 ގައި ވަނީ "ހުސެއިން ރަޝީދުބެއާއި އެކު އެންމެން" ގެ ނަމުގައި ހާއްޞަ ހަރަކާތެއް ވެސް ފަށާފައެވެ.
ސޯޝަލް ޕްލެޓްފޯމްތަކާއި ރަށުގެ ރައްޔިތުންގެ މެދުގައި މި އެހީގެ ޕްރޮގްރާމް މިހާރު ކުރިއަށް ގެންދަމުން އަންނަ އިރު އެ ރަށުގެ ބައެއް މުއައްސަސާތަކުން ވެސް މިކަމުގައި އަންނަނީ ބައިވެރި ވަމުންނެވެ. މިގޮތުން ހުސެއިން ރަޝީދުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އިހަވަންދޫ ސްކޫލުން ވެސް އަންނަނީ މިހާރު އެކަމުގައި ބައިވެރި ވަމުންނެވެ.
"މި ސްކޫލުގެ ބޯޑުގެ ޗެއާޕާސަން ކަމާއި، ޕީޓީއޭގެ ނައިބް ރައީސްކަން ކުރައްވާފައިވާ، މި ސްކޫލުގެ އިސްލާމް މުދައްރިސް މައިމޫނާ މިސްގެ ލޮބުވެތި ފިރިކަލުން ހއ. އިހަވަންދޫ ނަސްފަރު އަލްފާޟިލް ހުސެއިން ރަޝީދުގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވުމަށް ހުޅުވާފައިވާ ފަންޑް ފޮށިތަކަށް ސްކޫލުގެ މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުން، ޚައިރާތު ކޮށްދެއްވުމަކީ، ސްކޫލުގެ ވަރަށް ބޮޑު އެދުމެކެވެ." އިހަވަންދޫ ސްކޫލުން މިކަމާއި ގުޅިގެން އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.
ހުސެއިންގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އިހަވަންދޫ ކުލަބް ޕޯލްސްޓާރގެ ފަރާތުން މި ހިންގާ ހަރަކާތުގައި އޮންލައިން ޓްރާންސެކްޝަން ބޭނުންކޮށް އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުން އެކައުންޓް ނަމްބަރ ރަނގަޅަށް ބައްލަވައި ސައްޙަ ކުރުމަށް ސަމާލުކަން ދިނުމަށް އެ ކުލަބުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. މިގޮތަށް ހިންގޭ ބައެއް ހަރަކާތްތަކުގައި އޮންލައިން ޕްލެޓްފޯމް ތަކުގައި ބޭނުންކުރެވޭ ޕޯސްޓްތަކުގައި ހިމަނާފައިވާ އެކައުންޓް ނަމްބަރ ބަދަލުކޮށް އެކަމުގެ ނާޖައިޒް ފައިދާ ހޯދަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ވެސް ކުލަބް ޕޯލްސްޓާރގެ ފަރާތުން އެދިލައްވައެވެ.
ހުސެންގެ އާއިލާގެ ފަރާތުން އެދެނީ އޭނާގެ ކިޑުނީ ޓްރާންސްޕްލާންޓް ހެދުމަށް ތިޔަފަރާތުގެ ދީލަތި އެހީތެރިކަމާއި ހެޔޮދުޢާއެވެ. ތިޔަލޮބުވެތިއަޚުންނާއި އުޚުތުންގެ ފަރާތުން ހުސެންއަށް އެހީތެރިވެދެއްވާ!
ހުސެއިން ރަޝީދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް:
ހއ. އިހަވަންދޫ ނަސްފަރު ޙުސެން ރަޝީދަކީ އިހަވަންދޫއަށް އިޖުތިމާޢީގޮތުން ގިނަގުނަ މަސައްކަތްތަކެއްކޮށްދެއްވި ޚިދުމަތްތެރިއެކެވެ. ދީނީ އަދި ޤައުމީ ރޫޙުގައި މަސައްކަތްކުރި ދަރުމަވެރިއެކެވެ. މިއަދު ހުސެންވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. އޭނާދަނީ ކިޑުނީބައްޔަށް ފަރުވާހޯދަމުންނެވެ. ހުސެންގެ އާއިލާގެ ފަރާތުން އެދެނީ އޭނާގެ ކިޑުނީ ޓްރާންސްޕްލާންޓް ހެދުމަށް ތިޔަފަރާތުގެ ދީލަތި އެހީތެރިކަމާއި ހެޔޮދުޢާއަށެވެ. އާއިލާގެ ފަރާތުން މައުލޫމާތުދޭގޮތުގައި ހުސެންއަށްވަނީ ކިޑްނީ ޑޯނަރ އެއްލިބިފައެވެ. ތިޔަލޮބުވެތިއަޚުންނާއި އުޚުތުންގެ ފަރާތުން ހުސެންއަށް އެހީތެރިވެދެއްވާ!
7714250915101( MVR)
HUSSAIN RASHEED
7730000177462 (USD)
Aminath Nifleen
For more info: 9466712
އިތުރު މައުލޫމާތު ހޯއްދެވުމަށް: 9466712
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!