ހދ. ކުޅުދުއްފުށި ސިޓީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) ބުނެފިއެވެ.
އެމްޓީސީސީން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް ނިމިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި މި މަޝްރޫއު އަށް 137.6 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކަނޑާފައިވާއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ވެސް ހަދާފައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިލް ފިހާރަތަކާއި ނަމާދުކުރާތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފައެވެ.
We have successfully completed the Hdh. Kulhudhuffushi Harbour Expansion Project on 10 December 2020. The project valued at MVR 137.6 million was commenced on 26 December 2018. pic.twitter.com/8k0YGPvjCx
— MTCC Plc (@MTCCPlc) December 12, 2020
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސްކެނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމުކޮށްފައިވެއެވެ. އަދި ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކުރުމާއި، އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގައު އަތުރައި، ކާނުގަނޑުގެ މަތި އެޅުން ފަދަ މަސައްކަތްތައްވެސް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!