ހދ. ނޮޅިވަރަމުގައި އުފެދިފައިވާ ޒުވާން ޓީމެއް ކަމުގައިވާ "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޓީމުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބޭއްވި "އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓް 2020" ޗެމްޕިއަންކަން ސްޓެއިން ޓީމުން ހޯދައިފިއެވެ.
27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު ޓީމް ސްޓެއިން ކާމިޔާބު ކޮށްފައިވަނީ، ފައިނަލް މެޗުގައި ކަންމަތި ޓީމާއި ބައްދަލުކޮށް 6-2 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިއެކި މަޤާމްތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލު ކުރުމުގެ ރަސްމިއްޔާތުވަނީ ބައްވާފައެވެ.
މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީގެ އިތުރުން ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗްގެ މެނޭޖަރު އައިޝަތު އަބްދުލް ރަހީމް އާއި ނޮޅިވަރަމް ކައުންސިލްގެ މެމްބަރު އިބްރާހިމް ނަސީރެވެ.
މުބާރާތުގެ ވަނަތައް:
- ޗެމްޕިއަން ޓީމް – ސްޓެއިން
- ރަނަރަޕް ޓީމް – ކަންމަތި
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން:
- ރީޝާ އަޙްމަދު އަނީލް – ސްޓެއިން
- ޒާހިޔަތު މުޙައްމަދު – ސްޓެއިން
- ނަޖްދާ އާދަމް – ކުލަބް ކުލަސްޓާރ
- އައިޝަތު މައިހާ ހުސެއިން – ކުލަބް ކުލަސްޓާރ
- އައިމިނަތު ވަހީދާ – ސްޓޫޑިއޯ ގާލްސް
- ނަދުހާ އަޙްމަދު – ކަންމަތި
- މުޒްނާ އިބްރާހީމް – ކަންމަތި
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް އެމްއެމްއެސްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ސްޓެއިން ޓީމުގެ ކޯޗް އަޙްމަދު މުއާޒްއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ކަންމަތި ޓީމެވެ.
މި މުބާރާތް އަންނަ އަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!