ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން "ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދު އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ލެޖެންޑްސް ހޯދައިފިއެވެ.

27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވާއިރު، މި މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދުން ހޯދާފައިވަނީ، ފައިނަލް މެޗުގައި ޓީމް ވައިކާންޓްވީ ގެ މައްޗަށް ސީދާ ތިންސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އުންމީދުގެ ޒުނޭރާ އަލީއެވެ.

Ad
rt

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ލެޖެންޑްސް ހޯދާފައިވަނީ، ފައިނަލް މެޗުގައި ޓީމް ބްލޮކްގެ މައްޗަށް ތިންސެޓް އެއްސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ލެޖެންޑްސްގެ ނަސްރުﷲ ޠާހާއެވެ.

ހަނިމާދޫ ޔޫތު ސެންޓަރ ޓާފް ވޮލީ ކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗުތައް ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއަޔާތު ވަނީ ބާއްވާފައެވެ. އަދި މުބާރާތް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ވެދެއްވި ފަރާތްތަކަށާއި މުބާރާޓުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ ތައްޓާއި ސެޓްފިކެޓާއި މެޑަލްއާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މުބާރާތުގެ ވަނަތައް:

އަންހެން ކެޓަގަރީގެ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

ޒުނޭރާ އަލީ – ޓީމް އުންމީދު

ފާތިމަތު ނައުޝަބާ – ޓިމް ހިތްވަރު

އައިޝަތު މުޙައްމަދު – ސްޕައިކާރސް

އައިޝަތު ރީޝާ – ވައިކާންޓްވީ

ފާތިމަތު ނިހާ – ވައިކާންޓްވީ

ސުރުހީދާ ނަސީރު – ޓީމް އުންމީދު

އަންހެން ކެޓަގަރީގެ މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކަނބަލުންގެ މަރިޔަމް ރާއިދާއެވެ.

ފިރިހެން ކެޓަގަރީގެ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

ޞާދިޤު މޫސާ – ޓީމް ލެޖެންޑްސް

މުޙައްމަދު ޝާނީޒް – ޓީމް ބްލޮކް

ފާއިޤް އަބްދުﷲ - ރޫޙް

އަބްދުﷲ ޝާކިރު – ރޫޙް

ސޮބާހް ހުސެއިން – ބުނެލާނެ

ހުސެއިން ޝަރީފް – ޓީމް ލެޖެންޑްސް

ފިރިހެން ކެޓަގަރީގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް މަލަރުގެ ހުސެއިން އާމިރުއެވެ.

ފިރިހެން ކެޓަގަރީގެ ޗެމްޕިއަން ޓީމް – ޓީމް ލެޖެންޑްސް

ފިރިހެން ކެޓަގަރީގެ ރަނަރަޕް ޓީމް – ޓީމް ބްލޮކް

އަންހެން ކެޓަގަރީގެ ޗެމްޕިއަން ޓީމް- ޓީމް އުންމީދު

އަންހެން ކެޓަގަރީގެ ރަނަރަޕް ޓީމް – ވައިކާންޓްވީ

މި މުބާރާތަކީ ހެޕީމާކެޓްގެ ފަރާތުން ހަނިމާދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ހަނިމާދޫގައި ފާއިތުވި ދެ އަހަރު ހިންގި ހުރިހާ ކުޅިވަރު މުބާރާތްތަކެއް ވެސް ސްޕޮންސާ ކޮށްފައިވަނީ ހެޕީމާކެޓްގެ ފަރާތުންނެވެ. ހެޕީމާކެޓް ވޯލީބޯލް ޓޯނަމެންޓްގެ 2020 ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އޮންލައިން ނޫހެއް ކަމުގައިވާ ތިލަދުން ނޫހެވެ.

ހަނިމާދޫގައި ވޮލީ ކުރިއެރުވުމުގެ ގޮތުން ހެޕީމާކެޓްގެ ފަރާތުން ހަނިމާދޫގެ ކަނބަލުންނަށް އަމާޒުކޮށްގެން 20 ޑިސެމްބަރ 2020 ގައި ވޮލީ ކޭމްޕެއް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.