ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގެ ފަރާތުން އެ ރަށުގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އެ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ކެލާގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހު 10:00 އަށް އެ ކައުންސިލަށް ވަޑައިގަނެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެ މަހުގެ 15 ވަނަ ދުވަހުގެ 13:00 އަށް އެ ކައުންސިލައް އަންދާސީ ހިސާބު ހުށައެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

Ad
rt

މިކަމާއި ގުޅިގެން ކެލާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައުވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށެވެ.

އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލުގެ ނަމްބަރ 6500215 އަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައިވެއެވެ.

ކެލާގައި މަސް މާރުކޭޓެއް އިމާރާތް ކުރުމަށް ކެލާ ކައުންސުލުން ހުޅުވާލާފައިވާއިރު، ކެލާ ކައުންސިލުން އަންނަނީ ޔޫތު މިނިސްޓްރީ އާއި ގުޅިގެން އެރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން ނެވެ.