ކުޅުދުއްފުށީ ސިޓީގައި ޤަވާއިދާއި ހިލާފަށް އެހެލާފައި ހުރި އޮޑިދޯނިފަހަރު ވަކި މުއްދަތެއްގެ ތެރޭގައި ނުނަގައިފިނަމަ ނައްތާލާނެ ކަމަށްތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާާއިން ބުނެފި އެވެ.

އެކައުންސިލުން މިއަދު ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ބަނދަރާއި އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި މިފަދަ ތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނިފަހަރު، މުދާ އަދި ތަކެތި ބަހައްޓާކަމާ، ޤަވައިދުތަކާ އުސޫލުތަކާ ހިލާފަށް އޮޑިދޯނި ފަހަރު އެހެލާ އެއިދާރާއަށް އެންގުމަކާ ނުލާ މަރާމާތު ކުރާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

Ad
rt

އެއިޢުލާނުގައި އިތުރަށް ބުނެފައިވަނީ، އެއިދާރާއަށް އެންގުމަކާ ނުލައި އެހެލާފައިވާ އޮޑިދޯނުފަހަރުގެ ވެރިފަރާތްތަކުން އެކަމަށް ކަނޑައަޅިފައިވާ އުސޫލުތަކާއި އެއްގޮތައް އެއިދާރާއަށް ފޯމް ހުށައަޅުއްވައި މިފަދަ އުޅަނދުތަކުގެ މަޢުލޫމާތު 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެއިދާރާއާ ހިއްސާކޮށް އޮޑިދޯނި ފަހަރު އެހެލުމަށާއި މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންތައް ކުރުމަށް އަންގާކަމަށެވެ.

މި އިޢުލާނަށް މުއްދަތު ހަމަވާ ތާރީހްއިން ފެށިގެން ވެރިއަކު ނޭނގޭ މުދަލާއި އޮޑިދޯނިފަހަރު މިސަރަހައްދުން ނަގާ ނައްތާލެވޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

އެކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައި ވެއެވެ.

އެކައުންސިލުން އިތުރަށް ބުނެފައިވަނީ، މިހެން ކަންތައް ކުރުމުގެ ސަބަބުން މި ސަރަހައްދުގެ ސާފުތާހިރުކަން ގެއްލުމާއި މިތަންތަން ބޭނުންކުރާ ފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާ އަންނަނީ ކުރިމަތިވަމުންކަމަށެވެ. އެހެންކަމުން މިސަރަހައްދުތަކުގައި އެއްވެސް މުދަލެއް ބަހައްޓާފައިވާ ފާރާތެއްވާނަމަ 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ތަކެތި ނަންގަވައި ތަންސާފުކުރުމަށް އެދިފައިވެއެވެ.