އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓްއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން މިއަދު ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލުގެ ވަގުތު ވަނީ މިރޭގެ 21:00 އަށް އިތުރު ކޮށްފަ އެވެ. މިސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާދެމެދުގެ އަތޮޅުތަކަށެވެ.

Ad
rt

މިއަދު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހި ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެކަމަށާއި ރާޅުގެ އުސްމިނުގައި 2 - 5 ފޫޓު ހުންނާނެކަމަށްވެސް ބުނެއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެފަރާތުން ވަނީ ދަންނަވާފަ އެވެ.