ހއ. ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފިއެވެ.
ކުނިވެފައި އޮތް ބޮޑު މަހެއް އެ ރަށަށް ލައްގާފައިވާ ކަމަށް އެ ރަށުގެ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ މަސް ލައްގާފައިވަނީ އެ ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި މި ސަރަހައްދަކީ މީހުން އެހާ ގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫންކަމަށް އެމީހާ ބުނެފައިވެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މިއީ ދިގުމިނުގައި 40 އަކަށް ފޫޓު ހުރި މަހެކެވެ. އަދި މި މަސް ތަކަންދޫއަށް ލެއްގިއިރުވެސް ވަނީ މަރުވެ ކުނިވެފައެވެ. މިއަދު ހެނދުނު ލައްގާފައިވާ މި މަސް މަރުވިތާ ގިނަ ދުވަސްވެފައިވާއިރު މިހާރު މި މަހުން ވަރަށް ބޮޑަށް ކުނިވަސް ދުވާ ކަމަށް އެ ރަށު ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ތަކަންދޫ އަށް ލައްވި ބޮޑުމަހެއް، ނައްތާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޯރދާން އޭރިޔާ ގެ ސިފައިންނާއި ތަކަންދޫ، ރަށުކައުންސިލް ގުޅިގެން ކުރަމުން ދާކަމަށެވެ.
Ha.Thakandhoo ah lavvi bodumaheh, nahthaalumuge masaikathugai MNDF Northern Area ge sifainnai Thakandhoo, Rashu Council gulhigen kuramun dhanee. pic.twitter.com/1Gm1oRBkKn
— Maldives National Defence Force (@MNDF_Official) November 7, 2020
އެރަށު ކައުންސިލުން މި މަސް ނައްތާލުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާއިރު، މީގެ ކުރިންވެސް ތަކަންދޫއަށް ވަނީ ބޮޑު މަހެއް ލައްގާފައެވެ.
ރާއްޖޭގެ ރަށްތަކަށް މަދުން ނަމަވެސް، މި ފަދަ ބޮޑު މަސް މަރުވެގެން ލައްގައެވެ. ރާއްޖެ ޤުދުރަތީ ގޮތުން އެތުރިފައިވާ ސަރަހައްދަށް ބަލާއިރު، މިއީ ގިނަ ޢަދަދެއްގެ ބޮޑު މަސް ދަތުރު ކުރާ ސަރައްދެކެވެ. އެހެންކަމުން، ރާއްޖޭގެ ސަރައްދުން މަދުން ނަމަވެސް މި ގޮތަށް މަރުވެގެން ލައްގާ ބޮޑު މަސްފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!