ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ލަތީފް ވިދާޅުވީ މިކަމުގެ އިތުރު ތަފްސީލް އަދި ލިބިފައިނުވާކަމަށާއި މާރާމާރީއެއް އެރަށުގައި ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނެފައިވަނީ މާރާމާރީ ހިނގާފައިވަނީ މިއަދު 11:35 ހާއިރު ބަރާބަރު ފިހާރައިގައި ކަމަށެވެ.
މިހާރު ޒަހަމްވި ޒުވާނާއަށް ކުޅުދުއްފުށީ ރީޒަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށާއި ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ހިނގާފައިކަމަށް މަޢުލޫމާތުވަނީ ލިބިފަ އެވެ.
ކުޅުދުއްފުށީގައި މި ހިނގި ވަޅި ޖެހުމުގެ ހާދިސާ ތަހުޤީގުކޮށް އަވަސް ފިޔަވަޅު އަޅަން ޖެހޭ !! މި ކަން ނުހުއްޓުވިއްޖެނަމަ މިރަށާއި މުޅި ތިލަދުންމަޗަށް އޭގެ އަސަރު ކުރާނެ ކަމެއް.
ލަތީފް އޭނާގެ ފޭސްބުކްގައި ލިިޔެފައި ވެއެވެ.
https://thiladhun.wonstasite.com/46629
ފުލުހުން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!