ހއ. ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗު 26 އޮކްޓޯބަރ 2020 ވީ ހޯމަދު ދުވަހު 16:15 ގައި ދިއްދޫ ޔޫތުސެންޓަރުގެ ވޮލީ ކޯޓުގައި ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ބީ އެކްސް ސްޕޯޓްސް އާއި ޓީމް ނެކްސްޓް ބައިއެވެ. މި މެޗު ސީދާ ތިން ސްޓުން ކާމިޔާބު ކޮށްފައިވަނީ ބީ އެކްސް ސްޕޯޓްސްއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީ އެކްސްގެ ޖޯޒީ ނަމްބަރު 10 ހުސެއިން ރަޒާންއެވެ.
މި މުބާރާތުގެ ސެމީފައިނަލް މެޗުތައް 27 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމްތަކަކީ ބްލެކް ޒީނޯ، ބީ އެކްސް ސްޕޯޓްސް އަދި ޓީމް ނެކްސްޓް ބައިއެވެ. ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ބްލެކް ޒނޯއާއި ޓީމް ބީ އެކްސް ސްޕޯޓްސްއެވެ.
މި މުބާރާތް 05 އޮކްޓޯބަރ 2020 ގައި ފެށި ނަމަވެސް 7 އޮކްޓޯބަރ 2020 ގައި ދިއްދޫއިން ކޯވިޑް -19 އަށް ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެ ދުވަހު އެ ރަށް މޮނީޓަރިންނަށް ލުމާއިއެކު މުބާރާތް މެދުކަނޑާލާފައި އޮތުމަށްފަހު 26 އިކްޓޯބަރުގައި ފެށިއިރު އެކިއެކި ސަބަބުތަކާއި ގުޅިގެން މި މުބާރާތުގައި ވާދަކުރި ދެ ޓީމްކަމުގައިވާ ނާޑް ސްޕޯޓްސް އަދި ފުލެޓް ސިޓީ ވަނީ މި މުބާރާތުން ވަކިވެފައެވެ.
ދިއްދޫ ނެކްސްޓް ބައިއަކީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި ތަރުކާރީއާއި މޭވާގެ ވިޔަފާރި ކުރަމުން އަންނަ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!