ހއ. ދިއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް އެ ބަލިން ރަނގަޅުވެއްޖެއެވެ.

ދިއްދޫގައި ބަލިޖެހިފައިވާ ފަރާތްތައް ރަނގަޅުވެފައިވާ ކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

އަދި ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އެ ރަށުގައި ކޯވިޑް-19 ބަލި ޖެހިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތްކަމަށް ވިދާޅުވެ އެ ކައުންސިލް އިދާރާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

މި ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވާ ގޮތުގައި، މި ބައްޔަކީ، ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވާތީ، ހުރިހާ ރައްޔިތުންވެސް މި ކަމަށް ސަމާލުކަން ދެއްވުމަށާއި، ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދެއްވުމަށާއި، އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން އުޅުމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ހުރިހާ ރައްޔިތުންވެސް، އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް އުޅުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިމަހުގެ 7 ވަނަ ދުވަހު، ދިއްދޫގެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައި 3 ފުލުހަކު ޕޮަޒިޓިވްވެގެން ވަނީ ރިޕޯޓުކޮށްފައެވެ.