އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"

944411EA-9509-4766-A541-91ABEB3D05A0

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެކި ދިވެހިންނާއި، ޖަމިއްޔާތަކުން ކުރަމުން އަންނަނީ އެކިއެކި ތަފާތު ކަންކަމެވެ. ޤައުމީ ދުވަހެއް ޤައުމެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ޤައުމީ ރޫޙު އާލާކޮށް އެއްބައިވަންތަކަން ދިރުވުމެވެ.

އެކިއެކި ފަރުދުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮށް އުޅެނީ، އެކިއެކި ކަންކަމެވެ. ޤައުމީ ލަވަ އާއި ޅެން ހެދުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ކަމެކެވެ. ޤައުމީ ދުވަހުގެ ޖަލްސާތައް ބޭއްވުމާއި، ޤައުމަށްޓަކައި ޤުރުބާންވި ދިވެހި ދަރީންގެ ޒިކުރާ އައު ކުރުމަކީ ކޮންމެހެންވެސް ފުރިހަމަ ކުރަންޖެހޭ ނަންބަރެކެވެ. ނަމަވެސް، މި ފަހަރު ހިމަނާލަން މި އުޅެނީ މުޅިން ތަފާތު ކަމެކެވެ.

ޒަމާނާއި އެކު، ޤައުމީ ދުވަސް ފާހަގަ ކުރުންވެސް މިއޮތީ މުޅިން "ޒަމާނީ" ވެފައެވެ. ތަހުނިޔާ އަރިސް ކުރަނީ ސަލާން ގަލާން ކޮށް ބައްދަލު ކޮށްގެނެއް ނޫނެވެ. ހަމަ އެހެންމެ، ކޯވިޑް ގެ ނުރައްކާތެރި ދުވަސްތަކުގައި އެންމެ އައުލާކަން ބޮޑު ގޮތަކީ ދުރުގައި ތިބެގެން ތަހުނިޔާ އަރިސް ކުރުމެވެ. މި ކަން ފުރިހަމަ ކުރުމަށް، ދިވެހި އެންމެހާ ރައްޔިތުން އެންމެ ގަޔާވާ ވައިބަރ ބޭނުން ކުރުން ކިހިނެތްވާނެ ތޯ އެވެ. މިކަމަށް އެންމެ އެކަށޭނަ، ވައިބަރ ސްޓިކަރ ޕެކެއް މިފަހަރު އުތީމު ޔުނައިޓެޑްގެ ފަރާތުން މިވަނީ ދިވެހިންނަށް ހަދިޔާކޮށްފައެވެ.

ޤައުމީ ދުވަހަށް ބޭނުންވާ ހުރިހާ ވާހަކައެއް މި ސްޓިކަރ ޕެކުން ފެނެއެވެ. ތަހުނިޔާ އަރިސް ކުރުމަށް ދިވެހި ދިދަ އެއް ހިފައިގެން ހުންނަނީ ދިވެހި ދަރިއެއްގެ ސޫރައެވެ. އުތީމު ޔުނައިޓެޑްއާއި އެންމެ ގުޅޭ އުތީމު ތިން ބެއިންގެ ސްޓިކަރ އެއްވެސް ހިމެނޭއިރު، ޤައުމީ ކޮފީއެއް ބޯލުމަށް ޤައުމީ ކޮފީގެ ނަމުގައިވެސް ސްޓިކަރ އެއްވަނީ ތަޢާރަފުކޮށްފައެވެ.

އުތީމު ގަނޑުވަރުގެ ސްޓިކަރއެއްގައި ގަނޑުވަރު ބަލާލުމަށް ދަޢުވަތު ދޭ އިރު، މި ޒުވާނުން ވަނީ ވައިބަރގެ މި ސްޓިކަރގެ ޒަރީޢާއިން އުތީމަށް އައުމަށްވެސް ދަޢުވަތު ދީފައެވެ. އަދި މި ދުވަސްވަރުގެ ބަލިމަޑު ކަމާއި ގުޅުވާލުމަށްފަހު، މާސްކު އެޅުމަށް ހަނދުމަ ކޮށްދޭ ސްޓިކަރއެއްވެސް ވަނީ ހިމަނާފައެވެ.

🇲🇻 National Day Greetings!
check out our Viber sticker pack: http://bit.ly/GaumeeStickers

Posted by Utheem United on Saturday, October 17, 2020

ޒުވާނުންތަކެއް އިސްނަގައިގެން މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކޮށްގެން މި ފަދަ ދުވަސްތައް ފާހަގަ ކުރުމަކީ އުފާވެރިކަންކަމެވެ. އުތީމު ޔުނައިޓެޑްއިން އިސް ނަގައިގެން މި ކުރި މަސައްކަތަކީ ދިވެހި އެހެނިހެން ޒުވާން ޖަމިއްޔާތަކުން ނަމޫނާ އަކަށް ބަލަންވީ ކަހަލަ ކަންކަމެވެ.

އުތީމު ޔުނައިޓެޑް އަކީ، ހއ. އުތީމުގައި 2013 ވަނަ އަހަރު އުފެދުނު ނޮން ޕްރޮފިޓް އޯރގަނައިޒޭޝަން އެކެވެ. މި ޖަމިއްޔާ ވުޖޫދަށް އައިސްފައިވަނީ، އުތީމުގައި ގިނަ ކަންތައްތަކެއް ކުރުމަށާއި، އުތީމުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި