ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި

photo_2020-10-17_09-25-48

ހއ. ވަށަފަރުގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ނަރުދަމާގެ ސާވޭގެ މަސައްކަތް ލަސްވާތީ، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވަށަފަރު ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓުން ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވާ ބެނާތަކެއް އެރަށުގައި ދަމައިފިއެވެ.

އެމްޑީޕީގެ ރަސްމީ ކުލަ ކަމުގައިވާ ރީނދޫ ފޮތީގައި ދަމާފައިވާ އެ ބެނާގައި ބުނެފައި ވަނީ '' ވަށަފަރު ނަރުދަމާއަކީ ދެ ސަރުކާރުގެ ވެރިން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހައްދަވާ'' މިހެންނެވެ.

އެމްޑީޕީގެ ޓިކެޓްގައި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަށަފަރު ކައުންސިލަށް ކުރިމަތިލާ ދެ ކެނޑިޑޭޓުން އިސްވެތިބެ މިގޮތަށް އަމަލުކުރުމާއި ގުޅިގެން، އެކަން އެހެން ކުރިސަބަބާއި ގުޅޭގޮތުން އެމްޑީޕީގެ އެއް ކެނޑިޑޭޓު ޢަބުދުﷲ އިބްތިސާމް ''ތިލަދުން''އަށް ބުނީ އެކަން އެހެން ކޮށްފައިވަނީ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ދެއްވި ދޮގު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ.

''އަޅުގަނޑު ފަތިސްނަމާދުން ކޮށްލައިގެން އައިސް ޖައްސާލާފައި ހޭލެވުނީ ހެނދުނު 11 ޖަހާކަށްހާއިރު، ހޭލާފަ ފޯނު ބަލައިލިއިރު މިއޮންނަނީ ރަށުގެ އެމްޑީޕީ ވައިބަރ ގްރޫޕްގައި އެމްޕީ އިބްރާޙީމް ޝަރީފްގެ މެސެޖެއް، އެ މެސެޖުގައި ބުނެފައި އޮތީ ރަށުގެ ނަރުދަމާ ސާވޭ ކުރަންއައި ޓީމު ރަށަށް އަރަން ކައުންސިލުން ހުއްދަ ނުދިނުމުން އެނބުރި ގޮސްފިކަމަށް. ކިހިނެއްހޭ ދެން މިކަންކުރާނީ''

ޢަބުދުﷲ ބުންޏެވެ.

ޢަބުދުﷲ ބުނީ އެމެސެޖާއި ގުޅިގެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަށަފަރު ކައުންސިލަށް ކުރިމަތިލާ އަނެއް ކެނޑިޑޭޓާއިއެކު އެކަން ސާފުކުރަން ކައުންސިލް އިދާރާއަށް އޭނާ ދިޔަ ކަމަށެވެ.

ކައުންސިލަށް ގޮސް އެމަޢުލޫމާތު ސާފުކުރަން އެދުމުން ސާވޭ ޓީމު އަންނަން އެދިފައިވުމުން އެކަމާއި ގުޅޭ ޖަވާބު އެކެއް ޖެހުމުގެ ކުރިން ފޮނުވާނެ ކަމަށް ކައުންސިލުން ބުނި ކަމަށް ޢަބުދުﷲ ބުންޏެވެ.

'އެޗްޕީއޭގެ ލަފަޔާއިއެއްގޮތަށް އެ ޓީމަށް ރަށަށް އެރުމުގެ ހުއްދަދީ އެދުވަހުގެ 12:59 ގައި ކައުންސިލުން އެޓީމަށް މެއިލްކޮށްފި، އެޓީމު ދަތުރު ކުރާނެ ކަމަށް ކައުންސިލަށް އަންގާފައި އޮތީ 18 ވަނަ ދުވަހު''

ޢަބުދުﷲ ބުންޏެވެ.

ޢަބުދުﷲ ބުނީ ކައުންސިލަށް ގޮސް މަޢުލޫމާތު ސާފު ކުރުމުން އެމްޕީ ހެއްދެވީ ދޮގެއްކަން ސާފުވެގެން ދިޔަ ކަމަށެވެ.

''ދާދިފަހުން ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވިކަމަށް ނޫހެއްގައި އެބައޮވޭ ޖަހާފައި ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނުހެދުމަށް، އެހެންވެ އެމްޕީއަށް އަޅުގަނޑުމެން ބުނެފައި އެއޮތީ ވަށަފަރު ނަރުދަމާއަކީ ދެ ސަރުކާރުގެ ވެރިން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނުހެއްދެވުމަށް''

ޢަބުދުﷲ ބުނީ ވަށަފަރަކީ މިހާރުވެސް 4 ގެސްޓްހައުސްއެއް ހިންގަމުންދާއިރު އިތުރު 3 ގެސްޓްހައުސްތަކެއް ހުޅުވުމަށް ތައްޔާރުވެފައި ކަމަށެވެ. އެހެން ކަމުން އެރަށުން ސަރުކާރަށް ފައިދާތަތަކެއް ލިބޭއިރު ކޮންމެހެން ވެސް އެރަށުގައި ނަރުދަމާގެ މަސައްކަތް ފުރިހަމަވާން އެދޭކަމަށް އޭނާ ބުންޏެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަށަފަރު ކައުންސިލަށް ކުރިމަތިލާ ދެ ކެނޑިޑޭޓުންގެ މިތުހުމަތު ތަކާއި ގުޅިގެން ވަށަފަރު ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ އެކަމާއި ގުޅިގެން ވައިބަރ ގްރޫޕެއްގައި އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

''ކައުންސިލުން ސަވޭ ޓީމަށް ރަށަށް ނެރޭނެ ކަމަށް ބުނީމައި، އެރަށުގައި ތިބި އެމްޑީޕީގެ މެންބަރުންގެ މަޢުލޫމާތަށް އެކަން އަޅުގަނޑު އެންގިން''

ޝަރީފް ވިދާޅުވިއެވެ.

އެރަށުން މަޢުލޫމާތު ދިން މީހަކު ބުނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވަށަފަރު ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓުން އެކަން އެހެން ކޮށްފައި ވަނީ ރަށުގެ އެމްޑީޕީގެ މެންބަރުންނަށް ނޭނގި ކަމަށެވެ. އަދި އެކަން އެހެން ކުރުމުން އެ ދެ ކެނޑިޑޭޓުންގެ އަތުން އެމްޑީޕީ ވަށަފަރު ހަރުގޭގެ ތަޅުދަނޑި މިހާރު އަތުލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ދެ ކެނޑިޑޭޓުން އަތުން އެމްޑީޕީ ވަށަފަރު ހަރުގޭގެ ތަޅުދަނޑި އަތުލާފައިވޭތޯއާއި، އެކަމާއި ގުޅިގެން އެ ދެމެންބަރުންނަށް އެ ހަރުގެއަށް ވަންނަން މަނާކޮށްފައިވޭތޯ އޮޅުން ފިލުވުމަށް އެމްޑީޕީ ވަށަފަރު ގޮފީގެ ރައީސް ޝާޒްއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ކަށަވަރުވާގޮތް ނުވެފައިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔަ އަބުލޯ ޕަބުލޯ އަކީ މާލޭގަ މައްސޫރު ހަކުރު ވިއްކި މީހެއް މަގޭ ކޮއްކޮ އަށް ހަކުރު ދިނީ މީނާ މިކަހަލަ ޕާޓޭ އެންޑީޕީ ގަ އުޅޭނީ

  2. ދެން ހުރި ކެނޑިޭޓް ވެސް އެވަރު. ބެނަޔާ ޕޯސްޓަރު ހަދަން ރެޑީގަ މިތިބީ މީނަ މަގޭ މަންޖެ އަށް ފޮނުވި ފޮޓޯތަކުގަ ހެހެ ރިލީޒް ކޮއްލާނަން

  3. ހޯދާ ސަހުމް
    ހަންޓޭ

    ކަލޭމެންގެ ފައިތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ތި ގެންދަނީ އެމީހުން ކުރާވަރާ ގާތައް ވެސް ކަލޭމެނަށް ނުކުރެވޭތީ!!
    ސަބަބަކީ އެމްޑީޕީގެ 2 ކެންޑިޑޭޓްޓުންނަށް ކެރޭކަނ ްް
    ސަރުކާރަށް ބަސްބުނަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެ ކަން
    ކަލޭމެންނަށް ހަމަ.ު.ުވަނީ

  4. ބަޔަކު ވަށަފަރު ރައްޔިތުންގެ ހައްގުގައި ނިކުތުމުން އަގު ވަށްޓަން ނިކުންނަ މީހުންގެ ކަންކަން މާ ދެރަ… އޭގަ މާނަ އަކީ އެމީހުންގެ ފަތިފުން ކޮނެގެން ނެގުމެށް ނުން…

  5. ޜަނގަޅު ކަމަކަށް ބަޔަކު ނިކުތީމާ އަގު ވައްޓަން ކޮންމެ ފަދަ ވާހަކަ އެއް ދައްކަންވެސް ހެޔޮ ދޯ

  6. ކެރޭ 2 ޒުވާން ކެޑިޑޭޓުން ކަން ވަރަށް ރަނގަޅަށް އެގިއްޖެ.. ވަކި ސަރުކާރަކަށް ބެލުމެއްނެތި ނިކުމެ ތިބި 2 ޒުވަނުންނަން ސާބަސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި