ހދ. މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންއިން އިއުލާން ކޮށްފި އެވެ.

ފެނަކަ އިން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން 13 އޮކްޓޯބަރުން 15 އޮކްޓޯބަރުގެ ނިޔަލަށް ވަނީ ހުޅުވައިލެވިފަިކަމަށެވެ. މި ބިޑަށް ރަޖިސްޓްރީ ކުރެއްވަން ބޭނުން ފުޅުވާ ފަރާތްތަކަށް މި ދެންނެވި ދުވަސްތަކުގެ، ހެނދުނު 9:00 އިން މެންދުރުފަހު 14:00 އާއި ހަމައަށް ފެނަކައިގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންްގް ، 7 ވަނަ ފަންގިފިލާ) ގައި އެ ފުރުސަތު ހުޅުވާލެވިފައިވާނޭކަމަށެވެ.

Ad
rt

އަދި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު މި ބިޑަށް ރަޖިސްޓްރީ ކުރަށްވާ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އަދި މި މަސައްކަތާއި ގުޅޭ ކުރެހުމާއި ބީ.އޯ.ކިޔު ހިމެނިފައިވާ ސީޑީ، ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ވަގުތު އެ ފަރާތްތަކަށް ހިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން ، މި ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ދުވަސްތަކުގެ ތެރެއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ގައި މަޢުލޫމާތު ސާފު ކުރެވިދާނެކަމަށް އެފަރާތުން ފާހަގަކުރެއްވިއެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ރާވަވާފައިވަނީ ( tender@fenaka.mv ) މި އީމެއިލް މެދުވެރިކޮށެވެ.

މިކަމާއި ގުޅޭގޮތުން އަންދާސީ ހިސާބު ހުށައެޅުމަށް ތާވަލް ކޮށްފައިވަނީ 25 އޮކްޓޯބަރ ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ފެނަކައިގެ ހެޑް އޮފީސް ގައެވެ.

އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ތެރެއިންވެސް މި ބިޑަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައެޅޭ އަންދާސީ ހިސާބުތައް އެ ކުންފުނިން ބަލައިނުގަންނާނެ ވާހަކަ އިޢުލާންގައި ފާހަގަ ކުރަށްވާފައިވެ އެވެ.