ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ ފެނަކަ އޮފީހަކީ 03 ފަންގިފިލާއަށް އިމާރާތް ކުރެވޭ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އޮފީހެކެވެ.
އެ އޮފީސް އިމާރާތުގެ މަސައްކަތާއި ގުޅިގެން ފެނަކައިން ބުނީ މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ 03 ފަންގިފިލާގެ ފެނަކަ އޮފީހުގެެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. އަދި މިމަޝްރޫޢުގެ %38 މަސައްކަތް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 23 ފެބްރުއަރީ 2020 ގައެވެ.
ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!