ަ''ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދި ނެލްސަން މަންޑޭލާ ރޫލްސް)'' އާއި ގުޅޭގޮތުން ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް މިއަދު ނިމިއްޖެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޔޫއެންއޯޑީސީއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.
20 ސެޕްޓެމްބަރ 2020 ގައި ފެށި މި ޓްރޭނިންގ ޕްރޮގްރާމްގައި ޖަލުތަކުންނާއި ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުން ޖުމްލަ 38 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި “ދި މަންޑޭލާ ރޫލްސް” ގައި ހިމެނޭ ކަންތައްތަކާގުޅޭ މޮޑިއުލްސްތައް ބައިވެރިންނަށް ކިޔަވާދީފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުންޏެވެ.
މިގޮތުން ކިޔަވައިދިން ބައިތަކުގެ ތެރޭގައި އެ ރޫލްސްގެ އޮވަރ ވިއު، ޕްރިޒަން ކޮންޑިޝަންސް، ޕްރިޒަން ރެޖީމް، ސޭފްޓީ އެންޑް ސެކިއުރިޓީ، ހެލްތްކެއަރ އަދި ސޭފްގަރޑް ހިމެނޭ ކަމަށާއި، އަދި މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރެވޭނީ ކޮންމެ ބައިވެރިޔަކު ކިޔަވައިދިން ބައިތަކަށް އެސައިންމަންޓެއް ހަދައި، ފާސްވުމުން ކަމަށް ވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެޏެވެ.
ކަރެކްޝަނަލް ސަރވިސް ހާމަކުރެއްވި ގޮތުގައި މި ޓްރޭނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޔޫއެންއޯޑީސީއަށާއި މިނިސްޓްރީ އޮފް ހޯމް އެފައަރޒްއަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. އަދި ބައިވެރިންނާއި މުހާތަބް ކުރައްވައި، ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިލެއްވި ކަމަށް ވެސް ކަރެކްޝަނަލް ސަރވިސް އިން ބުނެޏެވެ.
މި ކޯހުގައި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!