ގުޅިފަޅުގައި ޕޯޓު ހަދަން ފެނޭތޯ އާންމުންގެ ހިޔާލު ހޯދަނީ

CDF14E9B-5034-45D9-8B42-FDA33965F52E

ގުޅިފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ސާވޭއެއް ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި ސާވޭއަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެެއް ކަމަށެވެ.

މިސާވޭގެ ތެރެއިން، މާލޭގެ ޕޯޓުތަކުގައި ދޭ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލާފައިވާ ގޮތާމެދު އާންމުންގެ ހިޔާލު ހޯދާނެ ކަމަށް މިނިސްޓަރީން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރާށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ގުޅިފަޅުގައި ޕޯޓް ހެދި ނަމަވެސް ޕީޕީއެމްްގެ ސަރުކާރެއްގައި އެ ޕޯޓް ތިލަފުށްޓަށް ބަދަލުކޮށް ގުޅިފަޅަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމަށް ހާއްސަ ރަށަކަށް ހަދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *