އާދައިގެ އެއްޗެހި ފޯރުކޮށްދިނުމުގައި ސަލާން ޖަހަން ޖެހޭ ސިޔާސަތު ނައްތާލަން ޖެހޭ: ދާއޫދު

66D0FE71-700D-46EF-A1EB-D6E17752CE2E

އާދައިގެ އެއްޗެހި ފޯރުކޮށްދިނުމުގައި ސަލާން ޖަހަން ޖެހޭ ސިޔާސަތު ނައްތާލަން ޖެހޭކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

ދާއޫދު މިހެން ވިދާޅުވީ "ކާމިޔާބު އޮޕަރޭޝަނަކަށްފަހު އާއިލާގެ ޝުކުރު ކޭއާރުއެޗުގެ ދިވެހި ދެ ޑޮކްޓަރުންނަށް" މިސުރުހީގެ ދަށުން ކުޅުދުއްފުށި ޑޮޓްކޮމްގައި ޝާއިރު ކޮށްފައިވާ ރިޕޯޓެއް ހިއްސާ ކުރައްވާ ފޭސްބުކްގައި ލިޔުއްވި މެސެޖެއްގަ އެވެ.

އަލްހަމްދުﷲ. އިތުރު ދިވެހިން ދާއިރާއިން ތަމްރީނުވެ ބޭނުންވާ ސިއްހީ އާލާތްތައް ފޯރުކޮށްދެވިއްޖެ ނަމަ އަދިވެސް އިތުރު ބޮޑެތި ކާމިޔާބީތައް ހާސިލުކޮށް ދާއިރާ އިތުރު ހަރުފަތަކަށް އެރުވޭނެ.

ދާއުދުގެ މެސެޖުގައި ބުނެފައި ވެއެވެ.

ދާއުދު އިތުރަށް ވިދާޅުވެފައިވަނީ ބޭނުންވާ ވަރަށް އާދައިގެ އެއްޗެހި ފޯރުކޮށްދިނުމުގައި ސަލާން ޖަހަން ޖެހޭ ސިޔާސަތު ނައްތާލަން ޖެހޭކަމަށާއި ފާއިތުވީ ދިގު މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާ ބައްްޓަން ކޮށްފައި އޮތީ މަރުކަޒީ އުސޫލުންކަމަށެވެ. އަދި ޑޮކްޓަރުން ހޯދުމާއި، އެހެނިހެން މުވައްޒަފުން ހޯދުމާއި، ބޭހާއި، ރިއެޖެންޓްސް، ފާމަސިއުޓިކަލްސް އަދި މުހިއްމު މެޑިކަލް އިކުއިޕްމަންޓްސް ހޯދުމުގައި އޮތް މަރުކަޒީ އުސޫލު ނައްތާލައި އެ ކަންކަން ފަސޭހަ ވެގެން މެނުވީ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތެއް ނުދެވޭނެކަމަށެވެ.

ސިއްހީ ދާއިރާ ކުރިއަރުވަން ސިއްހީ ދާއިރާގެ މުވައްޒަފުން ކުރާ މަސައްކަތަށް ޝުުކުރުވެރިވާކަމަށާއި ކޭއާރުއެޗްގެ އިޚްލާސްތެރި މުވައްޒަފުންނާ މެދު ފަޚްރުވެރިވާކަމަށް ދާއޫދު ވިދާޅުވެފައި ވެއެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އަސާސީ ހުރިހާ ހިދުމަތެއް ތޮއްޖައްސާ ޖަމާކޮށްފައިވާ ގުރޭޓަރ މާލެއަށް ރަށްރަށުގެ މީހުންނަށް އަރާފޭބުމުގައި ދަތިތަކެއް ދިމާވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން އަންނަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ދަތުރު ކުރަމުން ނެވެ.

ދާއުދުގެ ފޭސްބުކް ޕޭޖުގައި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރު އައި އިރު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔައީ 18 ވަރަކަށް ޑޮކްޓަރުންކަމަށާއި ކޯވިޑް ހާލަތު އައުމާއި ހަމައަށް ފެންވަރު ރަގަޅު ޑޮކްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި 45 ވަރަކަށް ޑޮކްޓަރުންނަށް އިތުުރު ކުރެވި ހިދުމަތް ދެވޭ މީހުންގެ އަދަދު އިތުރު ވެގެން ދިޔަކަމަށެވެ. އެގޮތުން ސްޕީޗް ތެރަޕީ، ސީޓީ އެކިއެކި ސާޖަރީތައް ފަދަ އާ ހިދުމަތްތައް ތައާރަފު ވެގެން ދިޔަކަމަށެވެ.

ކޯވިޑް ގެ ހާލަތާއި ގުޅިގެން ޑޮކްޓަރުން އަދި ނަރުހުން ހޯދުމުގައި ދަތިތައް އައިކަމަށާއި އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގޮންޖެހުންތައް ހުރި ނަމަވެސް މަޑުމަޑުން އަދިވެސް ކުރިޔަށް ދާ ކަމީ އުފާ ކުރާ ކަމެއްކަމަށެވެ. ކާޑިއޮލޮޖީ، އެމްއާރުއައި އަދި ބޭހުގެ ކަންތައްތައް ފަދަ ރަގަޅު ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ފާހަގަ ކުރަމުން ބުނެފައިވަނީ ﷲ ގެ އިރާދަފުޅާއެކު މި ސަރަހައްދުގެ އަދި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ވެގެން ދާނެކަމަށެވެ. ކުއްލިއަކަށް ބަދަލެއް ނަޔަސް ބިނާ ކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

    1. 45 ޑޮކުޓަރުން ކޮންތާކުތޯ ތިއްބެވީ އެޕޮއިންޓް މެންޓެއް ނުލިބެ 2 ހަފްތާވާއިރުވެސް ހިތުގެ ޑޮކުޓަރެއް ނުހުރެ!

  1. ބަލަ ތިވާހަކަ ކަލެމެން ތާއީދުކުރާ ޕީޕީއެމް ވެރިކަމުގައި އޮތްއިރު ނުދެއްކީ ކީއްވެ؟

  2. ބަލަ ތިވާހަކަ ކަލެމެން ތާއީދުކުރާ ޕީޕީއެމް ވެރިކަމުގައި އޮތްއިރު ނުދެއްކީ ކީއްވެ؟

  3. ދާއޫދު އެއީ ޕީޕީއެމް އެކްޓިވިސްޓެއް، މިވެރިކަމުގައިވެސް އެމީހުންގެ ދަރިން މަޤާމުތަކުގަ

  4. މުހިއްމީ ޕާޓީއެއް ނޫން، މިފަދަ ކެރޭ ކުޅުދުއްފުށީ ދަރިން ތިސާބިތުކޮއްތިބެ ބަސްބުނަން ކެރުން، ކުޅުދުއްފުށިން ޑަކުޓަރުކަން ކިޔަވަން ދިޔަ އެއްވެސް ކުއްޖަކަށް މިރަށުގަ ހިދުމަތް ދޭން އަނަން ނުކެރުން މީ އަހަރުމެންގެ ނާގާބިލުކަމަކީ، ދާން ފޫގަގަޅާލަަފަ ހުނައިރުބުނާނެ ތިމަނަ ކިޔަވާގެ އަންނާނި ރަށަށޭ. ދެރަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި