ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިޢުލާންކޮށްފި އެވެ.

ހއ. އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ މާފަންނު އިޖުތިމާއީ މަރުކަޒުގައި ކަމަށް އެއިޢުލާނުގައި ވަނީ ބުނެފައެވެ.

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރު 2020 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައިކަމަށް އެމިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

Ad
rt

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ކަމަށް އެއިޢުލާނުގައިވަނީ ބުނެފަ އެވެ.