ހދ. ނޮޅިވަރަމު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ފުޓުސަލް މުބާރާތް، ނޮޅިވަރަމު ކައުންސިލް ފުޓްސަލް ޗެލެންޖް 2020 ގެ ޗެމްޕިއަންކަން ވަސާޗީ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅެވުނީ ރޭގައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވަސާޗީ ހޯދީ 7-1 ގެ ނަތީޖާއަކުން ފައްސ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ވަސާޗީގެ އަބްދުއްރަހީމް އަބޫބަކުރެވެ. އޭނާއަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި ކުޅުންތެރިޔާވެސް މެއެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފައްސީގެ އަޙުމަދު އަފްރާހެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން

  • ހުސައިން އީސާ (ވަސާޗީ)
  • ހުސައިން ވަސީމު (ފައްސި)
  • އަޙްމަދު އަފްރާހު (ފައްސި)
  • ޢަލީ ރަޝީދު (ވަސާޗީ)
  • އަބްދުއްރަހީމު އަބޫބަކުރު (ވަސާޗީ)
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: އެޑެކްސް ފޮޓޯސް

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/5000 (ފަސްހާސް ރުފިޔާ) އަދި ރަނަރއަޕު ޓީމަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) ވަނީ ދީފައެވެ. އަދި 8 ޓީމު ބައިވެރިވި މި މުބާރާތުގެ ބައިވެރި ވުމުގެ ފީއެއްގެ ގޮތުން ކޮންމެ ޓީމަކުން ވެސް ވަނީ 500 ރުފިޔާގެ ފީއެއް ދައްކާފައެވެ.

ހދ. ނޮޅިވަރަމްގެ ޒުވާނުންތަކެއް އިންރިޒާމްކޮށް ބޭއްވި ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް 2020 މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވެސް ވަނީ މިދިޔަ ހަފުތާގައި އެރަށުގައި ބާއްވާފައެވެ.