ރިޓޯ ސޮލިއުޝަންސް އިން ހަނިމާދޫ މިސްކިތްތަކަށް ވޯޓަރ ޕިއުރިފައި މެޝިން ހަދިޔާ ކޮށްފި

photo_2020-08-10_18-17-45

ބޯން ބޭނުން ކުރާ ފެން ސާފު ކޮށްދޭ ވޯޓަރ ޕިއުރިފައި މެޝިންތަކެއް ރިޓޯ ސޮލިއުޝަން ގެ ފަރާތުން ހދ. ހަނިމާދޫ މިސްކިތްތަކަށް ހަދިޔާ ކޮށްފިއެވެ.

މިގޮތުން ރިޓޯ ސޮލިއުޝަންސް ގެ ފަރާތުން ވަނީ 4 ވޯޓަރ ޕިއުރިފައި މެޝިން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްފައިއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއް ސަލާމް ޢަލީ "ތިލަދުން"އަށް ވިދާޅުވީ، ރިޓޯ ސޮލިއުޝަންސް ގެ ފަރާތުން ހަނިމާދޫ މިސްކިތްތަކަށް ހަދިޔާ ކުރި 4 ވޯޓަރ ޕިއުރިފައި މެޝިންގެ ތެރެއިން 3 މެޝިން ރަށުގެ ތިން މިސްކިތްކަމަށްވާ މަސްޖިދުލް ނޫރު، މަސްޖިދުލް މޫސާ ޢަލީ އަދި މަސްޖިދުލް ތައުބާގައި މިހާރު ބެހެއްޓިފައި ވާ ކަމަށެވެ.

ސަލާމް ވިދާޅުވީ މި މެޝިންތަކަކީ ގާތްގަނޑަކަށް 20 ހާސް ރުފިޔާގެ އަގު ހުރި މެޝިންތަކެއް ކަމަށެވެ. އަދި މިއިން މެޝިނަކުން ކޮންމެ 15 މިނެޓަކުން 5 ލިޓަރ، ސާފު ބޯފެން އުފަށްދާނެ ކަމަށް ވެސް ސަލާމް ވިދާޅުވިއެވެ.

" މި ލިބުނީ ވަރަށް ބޮޑަށް ބެނުންވެފައި ތިބި އެއްޗެއް، އަޅުގަނޑުމެން ރަށު މިސްކިތްތަކުގައި މި މެޝިންބަހައްޓަން ބޭނުން ވެގެން ކޯޓޭޝަން ހޯދަން ފޮނުވީމަ، ރިޓޯ ސޮލިއުޝަންސްގެ އެޖެންޓެއް ރަށުގައި ހުރުމުން އެ މެޝިންތައް ހޯދަނީ މިސްކިތްތަކަށް ކަމަށް އެނގުމުން އެ ފަރާތުން އެ މެޝިންތައް ހަދިޔާ ކުރީ، ރަށްޔިތުންގެ ވެސް ވަރަށް ބޮޑު އެދުމެއް މި ހާސިލްވީ، މި ފުރުޞަތުގައި ވެސް ރިޓޯ ސޮލިއުޝަންސް އަށް ޝުކުރު އަދާކުރަން" ސަލާމް ވިދާޅުވިއެވެ.

ރިޓޯ ސޮލިއުޝަންސްގެ ހަނިމާދޫ އެޖެންޓް އަޙްމަދު ރައޫފް، "ތިލަދުން" އަށް ބުނީ މި އޯގަސްޓް މަހުގެ 15 އާއި ހަމައަށް ޕްރީ-އޯޑަރ ކުރެއްވުމުން އޯޑަރ ކުރަށްވާ ކޮންމެ މެޝިނަކަށް 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް މިހާރު ކުރިއަށް ދާ ކަމަށެވެ.

ރިޓޯ ސޮލިއުޝަންސްގެ ސަރަޙައްދީ ޑިސްޓިބިއުޓަރ ސެންޓަރު ހުންނަނީ ކުޅުދުއްފުށީ ސިޓީގައި ކަމަށާއި، އޯޑަރ ދެއްވުމުން ފެރީ އޮންނަ ދުވަސްތަކަށް ބަލާފައި ވީ އެންމެ އަވަހަކަށް ސަރަޙައްދުގެ ކޮންމެ ރަށަކަށް ވެސް މި މެޝިން ފޯރު ކޮށްދޭނެ ކަމަށް ވެސް ރައޫފް ބުންޏެވެ. އަދި 9773790 އަށް ނުވަތަ 9973829 އަށް ގުޅުއްވުމުން މެޝިން ބައްލަވައި ގަތުމުގެ ކަންކަމާއި، އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް ރައޫފް ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި